logo
E-Platinum
ޚަބަރު

ނައިފަރު ގުރުއާން ލާނިން ސެންޓަރަށް ވަގުފު ފަންޑުން އެހީވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މާރިޗު 2025 - 02:50
ނައިފަރު ގުރުއާން ލާނިން ސެންޓަރަށް ވަގުފު ފަންޑުން އެހީވަނީ

ޅ. ނައިފަރު ގުރުއާން ލާނިން ސެންޓަރުގެ ވަސީލަތްތައް ހޯދުމަށް އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑުން އެހީ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، ޅ. ނައިފަރުގެ ގުރުއާން ލާނިން ސެންޓަރަކީ ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި މަރުކަޒެކެވެ.

މި މަރުކަޒު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާތީ، މިނިސްޓްރީގެ އިސްލާމީ ވަޤުފު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ނައިފަރުގެ ގުގެ ގުރުއާން ލާނިން ސެންޓަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިން އައިސް ޤުރުއާން ހިތުދަސްކުރާ މުހިންމު މަރުކަޒެއް. މި މަރުކަޒުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް," މިނިސްޓަރު ވިދާޅުވިއެވެ.

 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި، ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެއް ރަށަކުން އެންމެ ގިނަ ކުދިން ޙާފިޡު ކަމުގެ ސަނަދު ހޯދީ ނައިފަރުންނެވެ. އެރަށުގެ ހަ ކުއްޖަކު އެރޭ ވަނީ ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައެވެ.

ޅ. ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރު މިހާރު ވެސް 38 ދަރިވަރަކު ކިޔަވަމުން ގެންދެއެވެ. 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ އަތުލި މައްސަލަ ފުލުހަށްޚަބަރު | 3 ދުވަސް ކުރިންދެމަފިރިންގެ ހައްގުތަކާއި ވާޖިބުތަކާއި ގުޅޭގޮތުން މަވައްދަތު ސިލްސިލާގެ ފޯރަމެއް ހުކުރުދުވަހުގެރޭޚަބަރު | 3 ދުވަސް ކުރިންއުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފިޚަބަރު | 3 ދުވަސް ކުރިންއިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހަދިޔާ ކުރަން ހުޅުވާލައިފި ޚަބަރު | 4 ދުވަސް ކުރިން