logo
Bank of Maldives

Bank of Maldives

ޚަބަރު

އަމިއްލައަށް އީދު އިއުލާންކުރުމުން މަސްލަހަތު ގެއްލި ޝައްކުއުފެދޭނެ: ޝަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މާރިޗު 2025 - 10:15
އަމިއްލައަށް އީދު އިއުލާންކުރުން މަސްލަހަތު ގެއްލި ޝައްކުއުފެދޭނެ: ޝަހީމް

އަމިއްލައަށް އީދު އިއުލާންކުރުމަކީ މަސްލަހަތު ގެއްލި ރައްޔިތުންގެ މެދުގައި ޝައްކުއުފެދި އޮޅުންއަރާނެކަމެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވެފައިވަނީ، ތަރިރުހަނދާ ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ނަމަވެސް، މިކަން ކުރަންވާނީ ޢާއްމު މަޞްލަޙަތަށް އަސަރުނުކުރާގޮތަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޚާއްޞަކޮށް ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުޢީ އަޙްކާމްތަކެއް ތަރުތީބުވާކަންތައްތަކެއްކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކުއުފެދޭގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެކަމެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުޢީހަމަތަކާއި، ރާއްޖޭގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެ ކަމަށެވެ.

"އެއްވެސް ފަރާތަކުން އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއް. ވީމާ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން،" ވަޒީރު ވިދާޅުވިއެވެ.

ޝައްވާލު މަހުގެ ހަނދު ބެލުން މިރޭ އޮންނާނެއެވެ. ހަނދު ސާބިތުކުރުމާމެދު ގޮތް ކަނޑައަޅާނީ އެކަމަށް ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޤީރުންނާ މިސްކީނުންގެ ތެރެއިން ބަޔަކަށް ފްލެޓް ޑައުންޕޭމަންޓް ދައްކައިދެނީޚަބަރު | 4 ދުވަސް ކުރިންމިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 19 ދުވަސް ކުރިންނޫމަރާގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި ޚަބަރު | 21 ދުވަސް ކުރިންއެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތުގެ އަގުހުރި އިނާމުތަކާއި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށްޚަބަރު | 22 ދުވަސް ކުރިން