logo
Bank of Maldives

Bank of Maldives

ޚަބަރު

ފަޤީރުންނާ މިސްކީނުންގެ ތެރެއިން ބަޔަކަށް ފްލެޓް ޑައުންޕޭމަންޓް ދައްކައިދެނީ

އިސްމާޢިލް ރާތިޢު
30 އޮކްޓޯބަރު 2025 - 06:33
ފަޤީރުންނާ މިސްކީނުންގެ  ތެރެއިން ބަޔަކަށް ފްލެޓް ޑައުންޕޭމަންޓް ދައްކައިދެނީ

މޯލްޑިވްސް ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ބައެއް ފަރާތްތަކަށް ސަރުކާރުން ހުޅުވާލާފައިވާ ސޯޝަލް ހައުސިންގ ސްކީމްތަކުން ފްލެޓް ނުވަތަ އެޕާޓްމަންޓު ލިބި، ޑައުންޕޭމަންޓު ނުދެއްކޭ ފަރާތްތަކަށް، ޒަކާތު ހައުސްއިން ޑައުންޕޭމަންޓު ދައްކައިދޭން ނިންމައިފިއެވެ.

ޒަކާތު ހައުސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެފަދަ ފަރާތްތަކަށްޒަކާތު ފަންޑުން ޑައުންޕޭމަންޓް ދައްކައިދިނުމަށް، ޒަކާތު ކައުންސިލަށް ހުށަހަޅާ މަޝްވަރާކުރުމަށްފަހު ނިންމާފައިވާކަމަށެވެ. އެގޮތުން 14 ފަރާތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެކަމަށް، ޒަކާތު ހައުސްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އިދާރާއިން ބުނެފައިވާގޮތުގައި ސިދާ އެފަރާތްތަކުގެ އެކައުންޓަށް މި ފައިސާ ޖަމާކުރުމުގެ ބަދަލުގައި ފައިސާދައްކާނީ ދައުލަތުގެ ކަމާބެހޭ އިދާރާއަށެވެ. އަދި އެއަށް ފަހު، އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ނިންމާފައިވާ ކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ ފަޤީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ އިދާރާއެކެވެ. އެއާއެކު ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމަކީވެސް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މުހިންމު މަސްއޫލިއްޔަތެކެވެ.

އެކަން ހާސިލުކުރުމަށްޓަކައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރުފު ކުރުމަށް ޒަކާތު ހައުސްއިން މަސައްކަތް ކުރަމުންދާކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.

މި ކާޑު ތަޢާރުފް ވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެކަމަށާއި މިކަންކަމަކީ އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކަމުގައި މޯލްޑިވްސް ޒަކާތު ހައުސްއިން ފާހަގަކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޤީރުންނާ މިސްކީނުންގެ ތެރެއިން ބަޔަކަށް ފްލެޓް ޑައުންޕޭމަންޓް ދައްކައިދެނީޚަބަރު | 9 ގަޑިއިރު ކުރިންޒަކާތާ ގުޅޭ ފޮތް ހަދިޔާކުރަން ހުޅުވާލައިފިޚަބަރު | 11 ދުވަސް ކުރިންމިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 15 ދުވަސް ކުރިންނޫމަރާގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި ޚަބަރު | 17 ދުވަސް ކުރިން