logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި ބިނާކުރި މަސްޖިދުލްއީމާން ހުޅުވުމަށް ތައްޔާރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޑިސެމްބަރު 2025 - 20:01
ފޭސް ދެއެއްގައި ބިނާކޮށްފައިވާ މިސްކިތް، ފޮޓޯ: އެޗްޑީސީ
ފޭސް ދެއެއްގައި ބިނާކޮށްފައިވާ މިސްކިތް، ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި އާ މިސްކިތް، މަސްޖިދުލްއީމާން، އަންނަ ހަފްތާގައި ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވަނީ ވިދާޅުވެފައެވެ.

މި މިސްކިތަކީ ހުޅުމާލެ ފޭސް ދޭއްގައި ދާއިމީ މިސްކިތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި ބިނާކުރެވުނު މިސްކިތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސްޖިދުލްއީމާން އަކީ ހެޔޮ އެދޭ ފަރާތަކުން އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގެ ޑިޒައިނާއި އެތެރޭގެ ޑިޒައިން ވެސް ވަަރަށް ފުރިހަމަ ރީތި މިސްކިތެއް ކަމަށް މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތް މިހާ އަވަހަށް ނިމުމަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ދެއްވާ އަހަންމިއްޔަތުކަން އަންގައިދޭ ކަމެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެމްބަރު މަހު ވަނީ ރަމަޟާން މަހުގެ ކުރިން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ ފަނަރަވަރަކަށް މިސްކިތުގެ މަސައްކަތް ނިންމޭނޭކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ޑިސެންބަރު މަހު ފައްޓަވާނޭކަން ވެސް ހާމަކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަޤްޞަދަކީ، ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަށް ޤާއިމުކޮށް، އިސްލާމީ ޘަޤާފަތާއި ނޫރު ފެތުރުވުމެވެ.

މަސްޖިދުލްއީމާން ހުޅުވުމަކީ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިހަވަންދޫގައި ތަރައްގީކުރި 200 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފިޚަބަރު | ދުވަހެއް ކުރިންޗުއްޓީ އަށް ރާއްޖެ އައި ފަތުރުވެރިއަކު އިސްލާމްވެއްޖެ، ނަމަކީ ޖަމީލާޚަބަރު | ދުވަހެއް ކުރިންމި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާ ރަށްތަކާއި ތާވަލު ހާމަކޮށްފިޚަބަރު | 6 ދުވަސް ކުރިންއިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރަން އިސްކަންދޭ ތަނެއް: ޝަހީމްޚަބަރު | 6 ދުވަސް ކުރިން