މަނަދޫގެ 7 ބައިވެރިން ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފި
11 ޑިސެމްބަރު 2025 - 05:42

ނ. މަނަދޫގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގުރާމުގައި ބައިވެރިވި 7 ފަރާތަކުން ވަނީ މި ތަމްރީން ފުރިހަމަ ކޮށްފައެވެ.

Ad by Hajj Corporation
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚަޠީބުންގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތެކެވެ.
މި ޕްރޮގުރާމު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށްޓަކައި ބިދު ދުވަހުގެ ރޭ މަނަދޫގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.
މަނަދޫގައި ބޭއްވުނު ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް 7 ބައިވެރިން ވަނީ ކާމިޔާބީއާއެކު ސަނަދު ހާސިލްކޮށްފައެވެ. މި ސަނަދުތަކަކީ މި ދާއިރާގައި މަސައްކަތްކުރުމަށް ލިބޭ މުހިންމު ފިޔަވަޅެކެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މި ދާއިރާގެ ދަތިކަން ހައްލުކުރުމަށްޓަކައި ބާއްވަމުންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީންކުރެވިފައެވެ.


