logoEN
ޚަބަރު

މާދަމާ އަކީ ފިތުރު އީދު

ހުސައިން ވަސީމްހުސައިން ވަސީމް

29 މާރިޗު 2025 - 15:36

މާދަމާއަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ކަނޑައަޅައިފިއެވެ.މާދަމާއަކީ މިއަަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައެޅީ، އިޢުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އެވެ.

ހަނދާ ބެހޭ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ކަމުގައިވިޔަސް އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ސާބިތުވެފައިވާކަމަށް ރަސްމީކޮށް ލިބިފައިވާ ކަމަށެވެ. އެހެންވީމާ މާރިޗު 30 ވާ އާދީއްތަ ދުވަހަކީ ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ވަނީ ބުނެފަ އެވެ.

ފަލަކީ ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އާއި ރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް މިއަދުގެ އިރު އޮއްސުމަށްފަހު، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ. އެހެންވެ، ދިވެހި ކަލަންޑަރުގައި މިހާރު ވެސް އީދު ދުވަސް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ ހޯމަ ދުވަހެވެ.

ކޮމެންޓް

871x217_placeholder