logoEN
ދުނިޔެ

އަސީރުންގެ ކަންތަކާ ޒިންމާވާންޖެހޭނީ ޔަހޫދީ ސަރުކާރުން

އާމިނަތު ސަފާއާމިނަތު ސަފާ

30 މާރިޗު 2025 - 05:42

ހަމާސްއިން ރަހީނުކޮށްފައިވާ ޔަހޫދީ އަސީރުންގެ ކަންތަކާ ޒިންމާވާންޖެހޭނީ ޔަހޫދީ ސަރުކާރުންކަމަށް ޔަހޫދީ ސަރުކާރާ ދެކޮޅަށް ތެލްއަވީވުގައި މުޒާހަރާކުރި ފަރާތްތަކުން ބުނެފިއެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާ އެކު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ހަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލި ނަމަވެސް، މާރިޗު 18ވަނަ ދުވަހު ޔަހޫދީން ވަނީ އެއްބަސްވުން އުވައިލައި، ޣައްޒާގެ މުސްލިމުންގެ ލޭއޮހޮރުވައިލުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އަލުން ފަށާފައެވެ.

ޖަނަވަރީ 19 ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތްތައް ހަމާސް ޖަމާއަތުން ވަނީ ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި، އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކުރުން ހިމެނެއެވެ. ނަމަވެސް، އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށުމުގެ ބަދަލުގައި ޔަހޫދީން ވަނީ އެއްބަސްވުމާ ހިލާފުވެ، ޣައްޒާގައި އުދުވާން ހިންގަން ފަށާފައެވެ.

ޔަހޫދީ އަސީރުން މިނިވަންކުރަން މަގުފަހިކުރުމަށް ހަމާސްއާ އެކު އެއްބަސްވުމަކަށް އައުމަށް ގޮވާލައި ޔަހުދީ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގައި ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމާސްއާއެކު ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ގޮވާލާފައެވެ.ހަމާސްއިން ހައްޔަރުކުރެވިފައިވާ 58 މީހުންގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް ޔަހޫދީ ސިފައިންވަނީ ބުނެފައެވެ. ޓެލް އަވީވުގައި ކުރިއަށްގެންދާ މުޒާހަރާގައި ހައްޔަރުކުރެވިފައިވާ މީހުންގެ އާއިލާތަކާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އަދި މުޒާހަރާކުރި ފަރާތްތަކާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން އުފެދިފައިވާކަން ފާހަގަކުރެވެއެވެ.މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ކުށްވެރިކޮށްފައިވަނީ ހަނގުރާމައަށް އަނބުރާ ދިއުމަށް ޔަހޫދީ ސަރުކާރުން ނިންމި ނިންމުމެވެ. މުޒާހަރާކުރި ފަރާތްތަކުން ބުނެފައިވަނީ ހައްޔަރުކުރެވިފައިވާ މީހުންގެ ފުރާނައަށް ޒިންމާވާންޖެހޭނީ ޔަހޫދީ ސަރުކާރުން ކަމަށެވެ.ޔަހޫދީން މުޒާހަރާކުރަމުންދިޔައިރު ހަމާސްގެ ހަތިޔާރުއެޅި ބައި ކަމަށްވާ ގައްސާމް ބްރިގޭޑްސްއިން ވަނީ "ވަގުތު ހުސްވަމުން އެބަދޭ" މި ނަމުގައި އަސީރެއްގެ ވީޑިއޯއެއް ދައްކާފައެވެ. މި ވީޑިއޯގައި ދައްކާފައިވަނީ ޔަހޫދީއަކު އޭނާ ދޫކޮށްލުމަށް ޔަހޫދީ ސަރުކާރަށް ގޮވާލާ މަންޒަރެވެ. މިއީ މިފަދަ ދެވަނަ ވީޑިއޯއެވެ.

ކޮމެންޓް

871x217_placeholder