logo
ޚަބަރު

ކާށިދޫއާއި ކެލާ ފަޅުގައި ރިސޯޓު ހަދަން ބީމަލަށް ހުޅުވާލައިފި

އާމިނަތު ޝަފާ
1 އޭޕްރީލު 2025 - 06:48
ކާށިދޫއާއި ކެލާ ފަޅުގައި  ރިސޯޓު ހަދަން ބީމަލަށް ހުޅުވާލައިފި

ކ. ކާށިދުއާއި ހއ. ކެލާ ފަޅު ތެރޭގައި ރިސޯޓު ހަދަން ބީމަލަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ކެލާ ފަޅުން ހިއްކަން ހަމަޖެހިފައިވާ 12.1 ހެކްޓަރުގެ ބިމާއި، ކާށިދޫ ފަޅުން ހިއްކާ 10 ހެކްޓަރުގެ ބިމުގައި ރިސޯޓު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. ބިޑު ހުށަހެޅުމުގެ ސުން ގަޑިއަކީ އަންނަ ޖޫން މަހުގެ ފަސްވަނަ ވަނަ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިޑުގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭފުޅުން މިމަހުގެ 15 ވަނަ ދުވަހާއި އަންނަ މޭ މަހުގެ ހަވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރަން ހުޅުވާލާފައިވާއިރު ހުޅުވާލާފައިވަނީ އެ ފަޅުގައި 12.19 ހެކްޓަރުގެ ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރާށެވެ. އެ ތަނުން އެއް ރަށަކީ 156.2 ހެކްޓަރުގެ ރަށެކެވެ. އަނެއް ރަށަކީ 169.3 ހެކްޓަރުގެ ރަށެކެވެ.

ދެ ރިސޯޓުގައި ވެސް 200 އެނދު ތަރައްގީކުރަން ޖެހޭއިރު، ކުއްޔަށް ނަގަން ޖެހެނީ 50 އަހަރަށެވެ.

ކާށިދޫ ފަޅުން އިއުލާނުކޮށްފައިވަނީ 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާށެވެ.

އެ ރަށު ފަޅުން ވިއްކަނީ 115.21 ހެކްޓަރުގެ ރަށެކެވެ. އެ ރަށުގައި ތަރައްގީކުރަން ޖެހެނީ 100 އެނދުގެ ރިސޯޓެކެވެ.

ކެލައާއި ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަސައްކަތްކުރަން އެ ކެލާގެ އިހުތިސާސަށް ވެސް ވަނީ ބަދަލު ގެންނަވާފައެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން މިދިޔަ އެމްޑީޕީ ވެރިކަމުގައި ވެސް މަސައްކަތްކުރިއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.2 އިންސައްތަ އިތުރުވެއްޖެވިޔަފާރި | 23 ދުވަސް ކުރިންނުވަ ދުވަސްތެރޭ ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި ވިޔަފާރި | 2 މަސް ކުރިންޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 144،173 އަށް އަރައިފިޚަބަރު | 2 މަސް ކުރިންެމެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލަތު މިދަނީ ބަލަމުން - މިނިސްޓަރ ޚަބަރު | 2 މަސް ކުރިން