logo
ޚަބަރު

ެމެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލަތު މިދަނީ ބަލަމުން - މިނިސްޓަރ

އަޙްމަދު ޒަލީފް
24 ޖޫން 2025 - 04:51
ެމެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލަތު މިދަނީ ބަލަމުން - މިނިސްޓަރ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ގާތުން މޮނިޓަރކުރަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުއިރުމައްޗަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ސަރަހައްދެކެވެ. އަހަރުގެ ފުރަތަމަ 5 މަސްދުވަހު ރާއްޖެއަށް 28،640 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 27،742 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ %3.2 އިތުރުވެފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ކަމާގުޅުންހުރި ފަރާތްތަކާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ހާލަތު ވަރަށް ގާތުން ބަލައި މަސައްކަތްކުރަމުން އަންނަކަމަށެވެ.

އީރާނުން ވަނީ ޤަޠަރާއި ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދީފައެވެ. މީގެ ސަބަބުން މެދު އިރުމަތީގެ ބައެއް ޤައުމުތަކުން ކުރަމުންއައި ދަތުރުތައް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާއެކު ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ހަމަލާދީފައެވެ. މި ހަމަލާތަކާއެކު ޤަތަރުންނާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރިއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.2 އިންސައްތަ އިތުރުވެއްޖެވިޔަފާރި | 25 ދުވަސް ކުރިންނުވަ ދުވަސްތެރޭ ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި ވިޔަފާރި | 2 މަސް ކުރިންޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 144،173 އަށް އަރައިފިޚަބަރު | 2 މަސް ކުރިންސިންގަޕޫރުގެ އިތުރު އިންވެސްޓަރުން ރާއްޖެ ގެނެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް - މިނިސްޓަރ ޚަބަރު | 2 މަސް ކުރިން