ރިސޯޓު ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ
17 އޯގަސްޓު 2026 - 10:48
.jpg&w=1920&q=75)
ރިސޯޓު ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރި ތަންތަނުގެ ތެރެއިން ހިންގަމުންދާ ތަންތަނާއި މިނިސްޓްރީގެ ހުއްދަނެތި ޚިދުމަތް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން، ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ.

Ad by Hajj Corporation
ވީމާ ކުއްޔާއި ޖޫރިމަނާ ފައިސާ، ސަރުކާރާ އެކު ވެފައިވާ ކުލީގެ އެއްބަސްވުމުގައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކައި ޚަލާސްކުރަން މިނިސްޓްރީން ވަނީ އަންގައިފައެވެ.
އެ އިއުލާނުގައި މިނިސްޓްރީން އަޅާނެ ވަކި ފިޔަވަޅެއް ބަޔާންކޮށްފައި ނެތެވެ.
ގާނޫނުގައި އޮންނަ ގޮތުން ރިސޯޓުތަކުން ކުލި ނުދައްކާ ނަމަ، އެ ތަންތަން ޖޫރިމަނާކޮށް، އެއްބަސްވުން ބާތިލުކުރުމަށް ފަހު އެ ތަންތަން ދައުލަތަށް ނެގޭނެއެވެ.

-01.jpg&w=3840&q=75)
