logo
MPL

MPL

ޚަބަރު

ބާރަށާއި ފުނަދޫގައި ޓޫރިސްޓް ހޮޓާ ހަދައި ހިންގަން ބީލަމަށް ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޖެނުއަރީ 2026 - 19:07
ށ. ފުނަދޫ
ށ. ފުނަދޫ

ހއ. ބާރަށާއި ށ. ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.

މި ދެ ރަށުގައި ކުރިއަށްގެންދާ މި މަޝްރޫޢުތަކުގެ ދަށުން ކޮންމެ ރަށެއްގައި މަދުވެގެން 50 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކުރަން ޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާރަށު މަޝްރޫޢު

ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 71,832 އަކަމީޓަރުގެ ބިމެކެވެ. މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ވަރޗުއަލްކޮށެވެ.

ބާރަށު މަޝްރޫޢުގެ ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 22 ފެބުރުވަރީ 2025 ގެ މެންދުރު 12:00 ގެ ކުރިން planning@tourism.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަން ހުށަހަޅަންޖެހޭނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއަށް ހާޟިރުވެގެންނެވެ.

ފުނަދޫ މަޝްރޫޢު

ށ. ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 23 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 22 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހެއެވެ.

ފުނަދޫ މަޝްރޫޢުގެ ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 26 މާރިޗު 2026 ގެ ކުރިން ސުވާލު ހުށަހެޅުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއްޚަބަރު | 15 ދުވަސް ކުރިންފަތުރުވެރިންގެ 46 ޕަސެންޓް ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައިޚަބަރު | 17 ދުވަސް ކުރިންބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއްވިޔަފާރި | 21 ދުވަސް ކުރިންފަތުރުވެރިކަމަށް ރަށް ކުއްޔަށް ދިނުމުގެ ރޭޓުތަކަށް ބަދަލުތަކެއް ގެނެސްފިޚަބަރު | 23 ދުވަސް ކުރިން