ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 144،173 އަށް އަރައިފި


05 ޖުލައި 2025 - 13:32
ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 144،173 އަށް އަރައިފިއެވެ. މިއީ މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 12.9 އިންސައްތައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އެއް ވަނަ ދުވަހުން ފެށިގެން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،119،182 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 1،025،296 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޗައިނާ މާކެޓުން ޖުމްލަ 144،173 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނާގައި އޮތް ރަޝިއާ މާކެޓުން މި މުއްދަތުގައި 128،431 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެއިތުރުން، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ ލިސްޓުގެ ތިން ވަނާގައި އޮތް އިނގިރޭސިވިލާތުން 109،132 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ލިސްޓުގައި ދެން ހިމެނޭ މާކެޓްތަކަކީ، އިޓަލީވިލާތް، ޖަރުމަނުވިލާތް، އިންޑިއާ، ފްރާންސް، އެމެރިކާގެ އިތުރުން ސްވިޒަރލޭންޑް އަދި އޮސްޓްރޭލިއާއެވެ.
ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6،116 ފަތުރުވެރިން ޒިޔާރަތްކުރާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން، ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެގޮތުން 251،876ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރިއިރު، 251،876 ފަތުރުވެރިއަކު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު އޭގެތެރެ އިން 44.2 ޕަސެންޓް 496،304 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ވެސް ތަފާސްހިށާބުތަކުންދައްކައެވެ. ކ. އަތޮޅުގައި 57 ރިސޯޓާއި 302 ގެސްޓްހައުސްގެ އިތުރުން ނުވަ ހޮޓާ މި ވަގުތު ދަނީ ހިންގަމުންނެވެ. ކ. އަތޮޅަށްފަހު ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ އދ. އަތޮޅާއި ރ. އަތޮޅު އަދި އއ. އަތޮޅުގަ އެވެ.
ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން ޖުމްލަ 1،214 ތަނަކަށް ހުއްދަ ދީފައިވާއިރު، މިހާރު ހިދުމަތްދެމުން އަންނަނީ 1،206 ތަނަކުންނެވެ. އެއީ 175 ރިސޯޓާއި، 856 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީގެ އިތުރުން 16 ހޮޓަލެވެ. މިތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 64،107 އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު, ސަރުކާރުގެ މިއަހަރުގެ އަމާޒަކީ، އަހަރު ނިމޭއިރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އިތުރު ލިޔުންތައް

ފަތުރުވެރިކަން ޑައިވަސިފައިކުރުމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ކުރެވޭނެ
އަހަރެއް ކުރިން
ޕީކް ސީޒަނަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަން ފަށައިފި
10 މަސް ކުރިން
ސަރުކާރުގެ ނިންމުމަށް އެއްބާރުލުންދޭނަން: މަޓާޓޯ
10 މަސް ކުރިން