logoEN
ޚަބަރު

"ހޮޅުދޫ ބޯޓް" ގަައި ރޯވެ އަނދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

02 އޭޕްރީލު 2025 - 18:03

"ހޮޅުދޫ ބޯޓް" ގައި އަލިފާން ރޯވެ އަނދަމުން އެބަ ދެއެވެ.

އެމްއެންޑީއެފުން ބުނީ، މުދާ އުފުލުމަށް ޚާއްސަ މި ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"ހޮޅުދޫ ބޯޓް" އިން ދަތުރުކުރަމުންދިޔަ 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފައިވާ އިރު އެކަކު ވަނީ ގެއްލިފައެވެ.

View post on Twitter

އެއީ، ލ.މާވަށު، އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް އެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

871x217_placeholder