ޚަބަރު
އަޙްމަދު ޒަލީފް



އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ފަށައިފި


09 އޮކްޓޯބަރު 2024 - 09:42
އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ފަށައިފިއެވެ.މިމަހުގެ 5 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ހުޅުމާލެ ފޭސް-3، ފަރުކޮޅުފުށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާމިނަލް ކުރިމަތި)ގައި ކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވެއެވެ.މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ތަމްރީންތައް ކުރިއަށްގެންދާއިރު، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ތަމްރީނުތަކުގައި ބޭނުން ނުކުރާނެކަމަށް ޤައުމީ ދިފާއީ ބާރުން ވަނީ ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

މާލެގައި ހުރި ގެއަކުން ދުން އަރާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ
7 މަސް ކުރިން
އަލިފާނުގެ ހާދިސާ ހިނގި ދޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ފަށައިފި
7 މަސް ކުރިން
މާލޭގައި ކެމިކަލް ގުދަން އެބަހުރި: އެމްއެންޑީއެފް
6 މަސް ކުރިން