ރައީސް އެންފީލްޑަށް ވަޑައިގަތުމަކީ ލިބުނު ބޮޑު އުފަލެއް: ކުރީގެ ތަރި އިޔާން


04 އޭޕްރީލު 2025 - 06:43
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންފީލްޑަށް ވަޑައިގަތުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއް ކަމަށް ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ކުރީގެ ތަރި އިއާން ރަޝް ވިދާޅުވެއްޖެއެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އިޔާން ވިދާޅުވެފައިވަނީ ކުރައްވައި، އިއާން ރަޝް ވިދާޅުވެފައިވަނީ 200 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާއި، ފާއިތުވި ސީޒަންގައި 12 ބިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާ ލިވަޕޫލް އެފްސީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފޭނުންނާ ގުޅުން ބަދަހިކުރުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ކްލަބެއްކަމަށެވެ. އަދި މިއީ ހަމައެކަނި ފަތުރުވެރިކަން ކުރިއެރުވުމަށް ވެވުނު އެއްބަސްވުމެއް ނޫންކަމަށާއި މިއީ ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމާ ގުޅިފައިވާ މައްސަލަައެކެވެ.
ވިޒިޓް މޯލްޑިވްސްއިން ކަނޑުގެ މާހައުލު ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިސްކަންދޭ ކަން ފާހަގަކުރައްވައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކަށް ހުށަހެޅިފައިވާ ރާއްޖެ ފަދަ ޤައުމަކަށް މިކަމަކީ ވަރަށް މުހިންމު ކަމެއްކަމަށް އިޔާން ވިދާޅުވިއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމާއި ކަނޑުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި ލިވަޕޫލުން އެއްބާރުލުންދީ އެކުގައި މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ އެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
ލިވަރޕޫލް އެފް.ސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކީ އެމް.އެމް.ޕީ.އާރް.ސީ/ ވިޒިޓް މޯލްޑިވްސް ކަމަށް، ނިމިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ވަނީ އިޢުލާންކޮށްފައެވެ. މި ޕާޓްނަރޝިޕުގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤުވާމީ ކެމްޕެއިނެއް ކުރިއަށްގެންދާނެއެވެ.
އެލް.އެފް.ސީ އާ އެކު ޤާއިމުކުރި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފައެވެ. ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ ޢަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެއެވެ.
މީގެ އިތުރުން، ޕްރިމިއަރ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، އެލް.އެފް.ސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަޤުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
8 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
8 މަސް ކުރިން