logo
Bank of Maldives

Bank of Maldives

ޚަބަރު

އދ.ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ އިންތިހާބު ވުމަކީ ފަޚުރެއް: ރައީސް

ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އދ.ގެ 'ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން' (ސީއެސްޑަބްލިއު)ގެ މެމްބަރަކަށް ވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގެއް ރައީސް ވަނީ އދ. ގެ އަންހެނުންގެ ކޮމިޝަން (ޔޫއެން ވިމެން) ގެ މެމްބަރުކަމަށް 2026-2030 ގެ ދައުރަށް ރާއްޖެ ހޮވިފައިވާކަން އިއުލާންކުރައްވައި، އެކަމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރާއްޖޭގެ އިތުރުން، އެ ކޮމިޝަނަށް ހޮވުނު އެހެން ހުރިހާ ޤައުމުތަކަށްވެސް ރައިސް ވަނީ މަރުޙަބާ ދަންނަވާފައެވެ. އެކުވެރި ޕާޓްނަރޝިޕެއްގެ ތެރެއިން، އަންހެނުންގެ ޙައްޤުތަކާއި ބާރުވެރިކަމާ ގުޅޭ މުހިންމު މައްސަލަތަކުގައި ކޮމިޝަނަށް އެހީތެރިވުމަށް ރާއްޖެއިން ތައްޔާރަށް ތިބިކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ޙައްޤުތަކާއި ދަރަޖަ ކުރިއެރުވުމުގައި ދިވެހިރާއްޖެއިން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. ކުރިއަށް އޮތް މުސްތަޤްބަލަކަށްޓަކައި ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހުރިހާ ބައިވެރިންނާއެކު މަސައްކަތްކުރުމަށް ބޭނުންވާ ކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ފޭސް 2 ގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާނެޚަބަރު | 9 ގަޑިއިރު ކުރިންއަލިބާބާ ޕްލެޓްފޯމުގައި ދިވެހީންނަށް މިހާރު މުދާ ވިއްކޭނެ: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންޤަޠަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެޤައުމުގެ އަމީރާއި ބޮޑުވަޒީރަށް ރައީސް ފޮނުއްވައިފިޚަބަރު | 10 ގަޑިއިރު ކުރިންރައީސް ދެއްވި ޔަގީންކަން: އުންމީދުތައް ބޭކާރުވިޔަކަ ނުދޭނަންޚަބަރު | 18 ގަޑިއިރު ކުރިން