logoEN
ޚަބަރު

ކިޔަވައި ވިދާޅުވި އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަރސިޓީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު ލީޑްސް ޔނިވާސިޓީގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު ލީޑްސް ޔނިވާސިޓީގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެގައުމުގެ ލީޑްސް ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކުރައްވާފައެވެ.

މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެ ޔުނިވާސިޓީގެ އެމްޕީ އެލެކްސް ސޯބެލްގެ އިތުރުން އެ ޔުނިވާސިޓީގެ ޕްރޮވޯސްޓް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ ޕްރޮފެސަރ ހައި-ސުއި ޔޫއެވެ.

މި ޒިޔާރަތުގެ މަޤްޞަދަކީ ދިވެހިރާއްޖެއާއި އެ ޔުނިވަރސިޓީއާ ދެމެދު އެއްބާރުލުމުގެ ފުރުޞަތުތައް ހޯދުން ކަމުގައި ރައީސް އޮފީީހުން ބުނެއެވެ.

ލީޑްސް ޔުނިވާސިޓީއަކީ ރައީސް، އެމަނިކުފާނުގެ މަތީ ތަޢުލީމް ޙާސިލްކުރެއްވި މަދަރުސާއެވެ. އެ ޔުނިވާސިޓީން 2009 ވަނަ އަހަރު އެމަނިކުފާނު ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ޙާސިލްކުރައްވާފައެވެ.

1904 ވަނަ އަހަރު އުފެދުނު ލީޑްސް ޔުނިވަރސިޓީއަކީ ޔުނައިޓެޑް ކިންގްޑަމްގެ އެންމެ ޝަރަފުވެރި އެކަޑަމިކް މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާއެވެ. މި ޔުނިވަރސިޓީއަކީ ދިރާސާތަކުގެ ފެންވަރު ރަނގަޅުކަމާއި ދުނިޔޭގެ ފެންވަރުގައި ލިބިފައިވާ މަޤްބޫލުކަމަށްޓަކައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއެކެވެ.

ކޮމެންޓް

871x217_placeholder