logoEN
ޚަބަރު

ގެއްލުނު މުޝްފިގް ހޯދުމަށް 92.42 ސްކުއެއާ ނޯޓިކަލް މޭލްގެ ބޮޑުސަރަހައްދެއް ބަލައިފި

ގެއްލިގެން ހޯދާ މީހާ އެންމެ ފަހުން ނެގި ފޮޓޯ

ގެއްލިގެން ހޯދާ މީހާ އެންމެ ފަހުން ނެގި ފޮޓޯ

ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު"ން ސަލާމަތްވުމަށް ކަނޑަށް ފުންމައިލި 25 އަހަރުގެ އަލީ މުޝްފިގު ޝަރީފު ހޯދުމަށް 92.42 ސްކުއެއާ ނޯޓިކަލް މޭލްގެ ބޮޑުސަރަހައްދެއް ދިވެހި ސިފައިން ބަލައިފިއެވެ.

ހޮޅުދޫ ބޯޓުގައި ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް ބުދަ ދުވަހުގެ ރޭ، 09:07 ހާއިރު އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ސަރފޭސް ސަރޗްގެ ގޮތުގައި 92.42 ސްކުއެއާ ނޯޓިކަލް މޭލް ވަނީ ބަލާފައެވެ. އަދި އަންޑަރވޯޓަރ (ޑައިވިންގ) ސަރޗްގެ ގޮތުގައި 65،100 އަކަ މީޓަރު ވަނީ ބަލާފައެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން އެރޭ މެންދަމު 02:07 ހާއިރު ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށާއި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަލިފާން ރޯވެ، އެނދި "ހޮޅުދޫ ބޯޓު" ރޭ މެންދަމު އަޑިއަށް ގޮސްފައިވާ ކަމަށާއި ބޯޓުން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގައި ޑްރޯން ބޭނުންކުރަމުންދާ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder