ކ. ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި


05 އޭޕްރީލު 2025 - 15:03
ކ. ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ގުޅި ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއި އެވެ.
މި މަޝްރޫއުގައި ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަސްދަނެ އެވެ.
މި މަޝްރޫއު ފައްޓަވައި ދެއްވީ ގުޅީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ 89 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގައި 10.15 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން، 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިންސް ޖެހުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
ކ. ގުޅި އަކީ 814 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މީގެ އިތުރަށް ލޯކަލް ޓުއަރިޒަމްވެސް ކުރިއަރަމުން އަންނަ ރަށެކެވެ ގުޅިގައި މިހާރުވެސް 15 ގެސްޓުހައުސް ހިންގަ އެވެ. އެމްޓީސީސީ އިން ބުނީ ގުޅީ ބިން ހިއްކުމުގެ މަޝްރޫއާއި އެކު އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އިތުރު ލިޔުންތައް

މާލެ ސަރަހައްދުގައި ފަތިހު 05 ޖަހާއިރު ބަހުގެ ޚިދުމަތްދޭން ފަށާނެ: އެމްޓީސީސީ
7 މަސް ކުރިން
ރަސްމާލެ، ގިރާވަރު ފަޅު އަދި ގުޅީފަޅު ގުޅާލުމަށް ރާއްޖެއިން ބޮޑު ޓްރާންސްޕޯޓް ނެޓްވޯކެއް ތައާރަފްކޮށްފި
7 މަސް ކުރިން
އެމްޓީސީސީގައި 18 ބިލިއަން ރުފިޔާގެ މަޝްރޫޢު ކުރިއަށް ނުގެންދެވި އެބަހުރި
5 މަސް ކުރިން