ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން މުދައްރިސުން ސްކޫލްތަކަށް


06 އޭޕްރީލު 2025 - 03:56
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން މުދައްރިސުން މިއަދު ސްކޫލްތަކަށް ނިކުމެއްޖެއެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން މުދައްރިސުން ސްކޫލްތަކަށް ރިޕޯޓް ކުރަން ޖެހޭނީ މިއަދުއެވެ.
ފާއިތުވި ދިރާސީ އަހަރު 190 ދުވަހުގެ ކިޔައި ދިނުމަށްފަހު ބޮޑު ޗުއްޓީއަށް ދަރިވަރުން ދިޔައީ ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ދިރާސީ އަހަރު ފަށާނީ މާދަމާއެވެ.
މުދައްރިސުންނަށް ހޫނު މަރުހަބާއެއް ސްކޫލްތަކުން ވަނީ މިއަދު ކިޔާފައެވެ. ބައެއް ސްކޫލްތަކުން މުދައްރިސުންނަށް މަރުޙަބާކީ ރަތް ފިނިފެންމަލުންނާއި ޚާއްޞަ ހަދިޔާއިންނެވެ.
ސްކޫލްތަކުން މިއަދާއި މާދަމާގައި ކުރިއަށް ކުރިއަށް ގެންދަނީ އާ އަހަރުގެ ޕްލޭންތައް ހެދުމާއި ޓީޗަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޚާއްޞާ ސެޝަންތަކެވެ.
ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ އަންނަ ޖުލައި 24 ވަނަ ދުވަހުއެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ވަނަ ދުވަހުއެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.
އިތުރު ލިޔުންތައް

އޯލެވެލް ގަދަ 10 އެވޯޑަށް ބަދަލު ގެންނާކަށް ނުވިސްނަން: އެޑިއުކޭޝަން
9 މަސް ކުރިން
އޭލެވެލްގެ ޓޮޕް ޓެން ޖަލްސާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފި
9 މަސް ކުރިން
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އޮކްޓޯބަރުގައި ފެށޭނެ: މިނިސްޓަރ
9 މަސް ކުރިން