މީހުން ދިރިއުޅޭ 18 ރަށެއްގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށް ސޮއިކޮށްފި


07 އޭޕްރީލު 2025 - 06:17
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ކުރިއަށް ގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓް ގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް (އީއެމްއެސް) އާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) ޤާއިމްކުރުމަށް ސޮއިކޮށްފިއެވެ.
މިގޮތުން ޤާއިމުކުރާ ސިސްޓަމްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
ހދ. ހަނިމާދޫ 2000 ކިލޯވޮޓް އަވަރ
ށ. މިލަންދޫ 2500 ކިލޯވޮޓް އަވަރ
ނ. ހޮޅުދޫ 1500 ކިލޯވޮޓް އަވަރ
ނ. މަނަދޫ 3000 ކިލޯވޮޓް އަވަރ
ނ. ވެލިދޫ 3000 ކިލޯވޮޓް އަވަރ
ރ. އަލިފުށި 2000 ކިލޯވޮޓް އަވަރ
ރ. ހުޅުދުއްފާރު 1500 ކިލޯވޮޓް އަވަރ
ބ. ދަރަވަންދޫ 2500 ކިލޯވޮޓް އަވަރ
ބ. ތުޅާދޫ 3000 ކިލޯވޮޓް އަވަރ
މ. މުލަށް 2000 ކިލޯވޮޓް އަވަރ
މ. މުލި 2000 ކިލޯވޮޓް އަވަރ
މ. ވޭވައް 500 ކިލޯވޮޓް އަވަރ
މ. ރަތްމަންދޫ 500 ކިލޯވޮޓް އަވަރ
ތ. ގުރައިދޫ 2500 ކިލޯވޮޓް އަވަރ
ތ. ތިމަރަފުށި 3000 ކިލޯވޮޓް އަވަރ
ގއ. މާމެންދޫ 1000 ކިލޯވޮޓް އަވަރ
ގދ. ފަރެސްމާތޮޑާ 3000 ކިލޯވޮޓް އަވަރ
ގދ. ގައްދޫ 2500 ކިލޯވޮޓް އަވަރ
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުންކަމަށެވެ.
މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށްދިނުމާ އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެން ދާނެކަމަށާއި އަދި މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވެގެން ދާނެކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
އިތުރު ލިޔުންތައް

ވިޒިޓް މޯލްޑިވްސް ހެކަތޯން ރަސްމީކޮށް ފަށައިފި
3 މަސް ކުރިން
ދިވެހިރާއްޖެއިން ތިންވަނަ އެންޑީސީ ޔޫއެންއެފްސީސީސީއަށް ހުށަހަޅައިފި
3 މަސް ކުރިން
12 ވަނަ ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމް ފަށައިފި
3 މަސް ކުރިން