logoEN
ޚަބަރު

ހަނިމާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް އެމްޓީސީސީއަށް

އާމިނަތު ސަފާއާމިނަތު ސަފާ

08 އޭޕްރީލު 2025 - 12:44

ހދ. ހަނިމާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ނުނިމިހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ހަނިމާދޫގައި އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދެވިފައިނުވާތީ އެއްބަސްވުން ބާތިލްކޮށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްކަމަށެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

ކޮމެންޓް

871x217_placeholder