ދުންފަތް މަނާކުރުމާ ގުޅޭގޮތުން ޖަމްއިއްޔާތަކުގެ ހިޔާލު ހޯދައި މަޝްވަރާކޮށްފި


09 އޭޕްރީލު 2025 - 06:45
ވަކި އުމުރަކުން ފެށިގެން ދުންފަތް ބޭނުންކުރުން މަނާކުރުމާގުޅޭގޮތުން ހިޔާލު ހޯދުމަށް މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއެކު ސިއްހީ ވުޒާރާއިން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިފަހުންވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި އެކުވެސް މަޝްވަރާތައް ކޮށްފައެވެ.
ޖެނެރޭ ޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން މި ބައްދަލުވުމުގައި ސިއްހީ ވުޒާރާއަށް ވަނީ ލަފާ ވެސް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުންފަތް މަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހުޅުވާލި ޕޯލުގައި، 25 އަހަރުން ދަށުގެ ޒުވާނުންނަށް ދުންފަތް މަނާކުރަން ގިނަ ބަޔަކުވަނީ ތާއީދުކޮށްފައެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕޯލެއް ހުޅުވާލެއްވީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން، މި ހިނގާ އެޕްރިލް މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިކަމާ ގުޅޭ ކެބިނެޓް ކަރުދާސް ތައްޔާރުކުރެއްވުމުގައި ކަމާގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި، އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަން ހާމަކުރައްވާފައެވެ.
ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ ޙިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ވާތީ ކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އިތުރު ލިޔުންތައް

8 މަހުން ކާބޯތަކެތި ގެންގުޅޭ 1،579 ތަނެއް ބަލައި ފާސްކޮށް، 14 ތަނެއް ބަންދުކޮށްފައިވޭ: ވަޒީރު ޚަލީލް
9 މަސް ކުރިން
ރާއްޖޭގައި ދުވާލެއްގެ މައްޗަށް 8,722 މީހުން ޑޮކްޓަރަށް ދައްކާ
8 މަސް ކުރިން
ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ނުކޮށް އޮތުމަކީ ބޮޑު އިހުމާލެއް- މިނިސްޓަރ
6 މަސް ކުރިން