ރާއްޖޭގައި ދުވާލެއްގެ މައްޗަށް 8,722 މީހުން ޑޮކްޓަރަށް ދައްކާ
.jpg&w=96&q=75)
20 ސެޕްޓެމްބަރު 2024 - 12:44

ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެވްޖެރް ގޮތެއްގައި 8،722 މީހުން ޑޮކްޓަރަށް ދައްކާ ކަމުގައި ސިއްޚީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސިއްޚީ ވުޒާރާއިން އާންމުކުރި، ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ނުވަތަ އައުޓްޕޭޝަންޓްސް ވިޒިޓްތައް ދައްކާ ގޮތުން، މިދިޔަ އަހަރު މުޅި ޖުމްލަ ތިން މިލިއަނަށް ވުރެ ގިނަ ފަހަރު، މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. ހަފްތާއެއްގެ މައްޗަށް ބަލާއިރު 61،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

Ad by Hajj Corporation
އޭގެ ތެރެއިން، އެންމެ ގިނަ ފަހަރު ޑޮކްޓަރުން ދައްކަނީ އަންހެނުން ކަމަށް އެ ހިސާބުތަކުން ދައްކައެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުން، އެންމެ ގިނަ ފަރާތްތައް ދައްކަނީ އަތޮޅުތަކުންނެވެ. އެގޮތުން އަތޮޅުތަކުގެ ރަށްތަކުގައި ހުންނަ ހޮސްޕިޓަލުތަކުން އެއީ 1،741،830 ފަހަރެވެ. މާލޭގައި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދަކީ 1،441،738 އެވެ.
އޭގެ ތެރެއިން، ޕްރައިވެޓް ހޮސްޕިޓަލްތަކަށް 669،368 ފަހަރު ޑޮކްޓަރަށް ދައްކާއިރު، ދެ މިލިއަނަށް ވުރެ ގިނަ މީހުން ޕަބްލިކް ހޮސްޕިޓަލްތަކުގެ ޑޮކްޓަރަށް ދައްކައެވެ.
އެ ހިސާބުތައް ދައްކާ ގޮތުން، ސްޕެޝަލްޓީގެ ތެރެއިން އެންމެ ގިނަ މީހުން ދައްކާފައިވަނީ އަންހެނުންނާއި ދަރިމައިވުމާ ގުޅޭ ކަންކަމަށެވެ.