logo
MPL

MPL

ޚަބަރު

މިއަހަރުގެ ހެލްތު އެކްސްޕޯ ނޮވެންބަރު މަހު ބާއްވަން ހަމަޖައްސައިފި

ނުހާ އަޙްމަދު
18 ސެޕްޓެމްބަރު 2025 - 11:07
ފޮޓޯ--// ރައީސް އޮފީސް
ފޮޓޯ--// ރައީސް އޮފީސް

މިއަހަރުގެ ހެލްތު އެކްސްޕޯ އަންނަ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ވަނީ މި އެކްސްޕޯ އިންތިޒާމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.

މިނިސްޓްރީން ބުނީ، ހެލްތު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

މިއީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމާއި އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާއި ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެއްކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސްޕޯގައި 50 ސްޓޯލާއި ކާބޯތަކެތި ވިއްކާ 10 ސްޓޯލް ހުންނާނެކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ލަކީޑްރޯ ހޮވުމާއި ސްޓޭޖް ޝޯއެއް ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާއިތުވި އަހަރު ބޭއްވި ހެލްތު އެކްސްޕޯގައި ހެލްތް މިނިސްޓްރީގެ އިތުރުން ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ އެހެނިހެން ތަންތަނާއި، މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރާތްތަކުން ބައިވެރިވެ، 50 އަށްވުރެ ގިނަ ސްޓޯލް ބަހައްޓާފައިވެއެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެލްތް އެންޑް ފެމިލީ އެކްސްޕޯ އިފްތިތާހުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންކެންސަރު ބަލި ދެނެގަނެ ފަރުވާދޭނެ ޒަމާނީ ބޮޑު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރަން ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިންސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިޚަބަރު | 24 ދުވަސް ކުރިންއެންސްޕާގެ "މެޑިކަލް ވެލްފެއަރ ސްކީމް"ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދަގެ ދަށަށްޚަބަރު | 5 މަސް ކުރިން