ހެލްތް އެންޑް ފެމިލީ އެކްސްޕޯ އިފްތިތާހުކޮށްފި
5 ނޮވެމްބަރު 2026 - 11:35

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހެލްތް އެންޑް ފެމިލީ އެކްސްޕޯ އިފްތިތާހު ކޮށްދެއްވައިފި އެވެެ.
އެކްސްޕޯ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
އެކްސްޕޯ އިފްތިތާޙު ކޮށްދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ސްޓޯލްތައް ބައްލަވާލެއްވި އެވެ.
މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކް ގައެވެ.
މިއެކްސްޕޯގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޑަކުދިން އަދި އިސްރަށްވެހިންނަށް ހާއްސަ ހަރަކާތްތަކާ އެކު ބައެއް ކަހަލަ ކުޅިވަރުތަކާއި ގޭމުތައް ކުޅެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.
އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތާއި، ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތަކާ ގުޅޭ މައުލޫމާތާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ރަނގަޅު އާދަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެ އެވެ.

-01.jpg&w=3840&q=75)
