logo
Bank of Maldives

Bank of Maldives

ޚަބަރު

ހެލްތު އެކްސްޕޯ 2024 ފަށައިފި

މަރިޔަމް ޔަނާ އަލީ
7 ނޮވެމްބަރު 2024 - 17:08
ހެލްތު އެކްސްޕޯ 2024 ފަށައިފި

ސިއްހަތާ ބެހޭ ވުޒާރާގެ ފަރާތުން ބާއްވަން ހަމަޖެހިފައިވާ ހެލްތު އެކްސްޕޯ 2024 ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި އެކްސްޕޯ ބާއްވާފައިވަނީ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހެލްތް އެކްޕޯ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފްއެވެ. އަދި ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ގެ އިތުރުން ވަޒީރުންނާއި ދިރާގުގެ ސީއީއޯ ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ އަހަރުން އަހަރަށް އެ އެކްސްޕޯ ތަރައްގީ ކުރުމަށްޓަކައި ނުވަތަ އިތުރަށް ފުޅާކުރުމަށްޓަކާ މަސައްކަތް ކުރަމުން ގެންދަވާނެކަމަށެވެ. މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސިއްހީ ސިޔާސަތު އެކުލަވާލާފައި މިވަނީ ދެމެހެއްޓެނިވި ތަރައްގީއާ ހަމަޔަށްކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސިއްހީގޮތުން ދުޅަހެޔޮ އާދަތަކަށް އަމަޒުކޮށްގެން ބާއްވާ މި ހެލްތް އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް ދެއްކުމާއި ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމެވެ.

ސިއްހަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި އެސޯސިއޭޝަންތަކުގެ 50 ސްޓޯލް ހުންނާނެ އެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ސްޓޯލްތަކުގައި ސިއްހީ ތައުލީމާއި ޑޮކްޓަރުންގެ ލަފާ ހޯދުމާއި ހެލްތް ސްކްރީން ކުރުމާއި އެކި ބަލިތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި އިރުޝާދު ލިބޭނެ ކަމަށެވެ. މީގެ އިތުރުން މި އެކްސްޕޯގައި ކުޑަކުދިންގެ ހެލްތް ޗެކަޕްތަކާއި ރަނގަޅު ނިއުޓްރިޝަން އާއި ކުރިއެރުމާ ބެހޭ މައުލޫމާތުގެ އިތުރުން ވެކްސިންގެ ތަފްސީލް ލިބޭނެ އެވެ.

އަދި ބިދޭސީންނަށް ހާއްސަ ސްޓޯލްތަކާއި ހެލްތް ސްކްރީން ކުރުމާއި ނަފްސާނީ ދުޅަހެޔޮކަމުގެ މައުލޫމާތާއި ސިއްހަތަށް ފައިދާހުރި ކާބޯތަކެތީގެ އޮޕްޝަންތައް ވެސް ހުންނާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 19 ދުވަސް ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | 20 ދުވަސް ކުރިންރާއްޖޭގެ އާބާދީގެ މައްސަލަތަކަށް ހައްލު ހޯދުމަށް "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލަނީޚަބަރު | 24 ދުވަސް ކުރިންސިއްހަތަށްކުރާ ހޭދައަކީ ދުޅަހެޔޮ ރައްޔިތެއް ބިނާ ކުރުމަށް ކުރާ ބޮޑު އިންވެސްޓްމެންޓެއް: ޑރ. ގީލާޚަބަރު | މަހެއް ކުރިން