logo
Bank of Maldives

Bank of Maldives

ޚަބަރު

ފަސްޓްލޭޑީ "ހެލްތު އެކްސްޕޯ 2025" ހުޅުވާދެއްވައިފި

އައިޝަތު ނަޝާ
13 ނޮވެމްބަރު 2025 - 12:08
ފަސްޓްލޭޑީ "ހެލްތު އެކްސްޕޯ 2025" ހުޅުވާދެއްވައިފި

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ "ހެލްތު އެކްސްޕޯ 2025" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

"ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްސަ އެކްސްޕޯއެކެވެ.

މި އެކްސްޕޯގެ ތެރެއިން ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޞިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެވިގެންދާނެކަމަށް ޞިއްޙީ ވުޒާރާއިންވަނީ ބުނެފައެވެ. އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ބައްލަވާލައްވާފައެވެ.

މި އެކްސްޕޯގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ އިތުރުން އަތޮޅުތަކުގެ 5 ރީޖަނަލް ހޮސްޕިޓަލަކާއެކު 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ.

މިއެކްސްޕޯގެ ސްޓޯލްތަކުން ޞިއްޙީ ދާއިރާގެ މަސައްކަތްތަކާގުޅޭ މައުލޫމާތުތަކާއި، މި ދާއިރާއިން ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، ޑޮކްޓަރަށް ދެއްކުމާއި، ހެލްތު ސްކްރީނިންގއާއި އެކި އެކި ބަލި ބައްޔާގުޅޭ މައުލޫމާތުތަކާއި، އިރުޝާދުތައް ދިނުމުގެ އިތުރުން ހެލިފެލިވެ އުޅުމުގެ އެކި ހަރަކާތްތައް ކުރިއަށްދާނެކަމަށް ޞިއްޙީ ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation


ހަމައެހެންމެ އެކްސްޕޯގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިހަވީރުގެ ތެރެއިން ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިން އަދި އެހެނިހެން ޞިއްޙީ މައުލޫމާތު، ތަފާތު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށްދާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ބިދޭސިންނަށް ޚާއްސަކޮށް ޞިއްހަތާއި ގުޅޭ މުހިއްމު މައުލޫމާތާއި ހެލްތު ސްކްރީނިންގ ކުރިއަށްދާނެކަމަށާއި، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.


މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯގައި ނަފްސަނީ ދުޅަހެޔޮ ކަމާގުޅޭ މައުލޫމާތުތަކުގެ އިތުރުން ހެލްތީ ފުޑް ސްޓޯލްތަކާއެކު ކެއުން ބުއިމުގެ އާދަތަކާގުޅޭ މައުލޫމާތުވެސް ހިއްސާކުރެވިގެންދާނެކަމަށް ޞިއްޙީ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްބައިވަންތަކަމުގެ ދުވަހު، ފަސްޓް ލޭޑީގެ އިޚްލާޞްތެރި ދުޢާއެއްޚަބަރު | 14 ދުވަސް ކުރިންމަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު: ރައީސްޚަބަރު | މަހެއް ކުރިންފަސްޓްލޭޑީ، އެފްއޭއެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިން" ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިޚަބަރު | 2 މަސް ކުރިން