logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލަންޖެހޭ: ފަސްޓް ލޭޑީ

އައިޝަތު ނަޝާ
12 އޯގަސްޓު 2026 - 08:15
ވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލަންޖެހޭ: ފަސްޓް ލޭޑީ

އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެކަމަށާ، ވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، "މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް (އެން.އެމް.އެޗް.ޑީ)އާއި، ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) އަދި ޑަބްލިއު.އެޗް.އޯ މޯލްޑިވްސް ގުޅިގެން، ސިވިލް ސަރވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް ޚާއްޞަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަވާ މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދިވެހި ސިވިލް ސަރވިސްގައި އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނައިރު އެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި، ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް ދުނިޔެއިން ގެއްލިގެންދާކަމަށާއި، މިއީ އުފެއްދުންތެރިކަމަށް ބަލާއިރު 1 ޓްރިލިއަން އެމެރިކާ ޑޮލަރު ގެއްލިގެންދާކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. 

އަދި މި މަހާސިންތާގެ ތެރެއިން، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޢިލްމީ އަދި އަމަލީ ކަރުދާސްތަކެއް އެކުލަވާލައި، ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވާ، އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާ، ހުރިހާ މުވައްޒަފުންނަށް އިޙްތިރާމްކޮށް، އެކުވެރި މާހައުލެއް ޤާއިމުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް އެކަމަނާ އެދިވަޑައިގަތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލަންޖެހޭ: ފަސްޓް ލޭޑީޚަބަރު | 2 ގަޑިއިރު ކުރިންޤައުމެއްގެ ޙަޤީޤީ ބާރުވެރިކަން ވަޒަންކުރެވެނީ ރައްޔިތުންނަށް އަޅާލާ މިންވަރުން: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންމުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި ޤައުމަށް ބާއްޖަވެރިކަން ގެނައުމަށް: ފަސްޓް ލޭޑީޚަބަރު | 2 މަސް ކުރިން