ސަރުކާރުގެ ސިޔާސަތަކީ ފެންވަރު ރަނގަޅު ސިއްހީ ނިޒާމާއި ބޭސް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން


16 ނޮވެމްބަރު 2024 - 16:27
ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ސިއްހީ ނިޒާމާއި ކޮލެޓީ ބޭސް ރާއްޖޭގެ އެންމެ ކުޑަ ރަށުގައި ހުރި އެންމެ ނިކަމެތި މީހާއަށްވެސް އެންމެ އެދެވޭގޮތުގައި ލިބުން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ.
އައު ހިދުމަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލު ޓަރޝަރީ ފެންވަރަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމް ބޭނުން ކުރަމުން އަންނަތާ 15 ވަރަކަށް އަހަރުވެފައިވީ ނަމަވެސް އެނިޒާމްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ރައްޔިތުންނަށް ލިބެމުން ނުދާ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ އަކީ ހުރހާ ގޮތަކުންވެސް ރައްޔިތުންނަށް ފައިދާ ހުރި ލުއި އަދި އޭގެ ހައްގުވެރީންނަށް ލިބޭނެ ނިޒާމަކަށް ހެދުން ކަމަށެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުން އެދެނީ ސިއްހީ ނިޒާމުގެ ތެރެއިން އާސަންދަ ފަދަ މުހިންމު ހިދުމަތްތައް އެންމެ ފައިދާ ހުރި ގޮތުގައި އޭގެ ހައްގުވެރި ފަރާތްތަކަށް ލިބޭނެ ނިޒާމަކަށްވެގެން ދިޔުންކަމަށެވެ. އަދި އެ ނިޒާމްގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ހުރި އެހެނިހެން ކަންކަން ކުރުމަށް ހުރި ގޮންޖެހުމަށް ނުވާނެ ނިޒާމަކަށް ވެގެން ދިޔުމަކީވެސް ރައްޔިތުން އެދޭނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ 1 އަހަރު ކުރެވުނު މަސައްކަތުން ސިއްހީދާއިރާގެ މުހިންމު މަސައްކަތްތަކާއިއެކު ކުރިއަށްއޮތް 4 އަހަރު ވާނީ ދިވެހި ރައްޔިތުންނަށް ސިއްހީ ނިޒާމުގެ މުޅިން އައު ބާބެއް ލިޔެވިގެންދާނެ އަހަރަކަށް ކަމަށް ވަޒީރު ވިދާޅުވި. އަދި ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ އިތުރުން އާބަން ސެންޓަރުތައް ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތް ހަރުދަނާވެގެންދާނެކަމަށެވެ.
ދިވެހި މުޖުތަމައުއަކީ ބަލި ނިޒާމެއްގެ ފަހަތުން ދުވާ ސިއްހީ މުޖުތަމުއެއްކަމުގައި ދެކޭކަށް ސަރުކާރުގެ ސިޔާސަތުތައް ތަނެއް ނުދޭ ކަމަށާ އޭގެ ހެއްކެއްގެ ގޮތުން ފެންނަނީ ދިވެހި މުޖުތަމައު ދުޅަހެޔޮ މުޖުތަމައުއެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ރައީސް އަޅުއްވަމުން ގެންދަވާ މުހިންމު އެހެނަސް އުނދަގޫ ފިޔަވަޅުތައް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ބޭހަކީ މުޅި ނިޒާމުގެ މަދު ބައެއް ކަމަށާ ބޭހާ ހަމައަށް ދިއުމުގެ ކުރީން ބޭސް ރައްޔިތުންނަށް ފޯރުކޮށްދެވީ އެންމެ ރަނގަޅު ގޮތުގައިތޯ ބަލަންޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. ރާއްޖޭގައި ބޭހުގެ އަގުތައް ހުރީ ދުނިޔޭގެ ނިސްބަތުންވެސް ބޮޑު އަގު ތަކެއްގައިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މިކަން މިހެންވެފައި އޮތީ ސިއްހީ ނިޒާމުން ބަލަންޖެހޭ ކަންކަން ނުބެލުމުގެ ސަބަބުން ކަމަށާ އަޅަން ޖެހުނު ފިޔަވަޅުތައް ވަގުތުން ވަގުތަށް ނޭޅުމުގެ ސަބަބުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެންމެ ކުޑަ ރަށުގައި ހުރި އެންމެ ނިކަމެތި މީހާއަށް ބޭސްފަރުވާގެ ނިޒާމް އެންމެ އެދެވޭ ގޮތުގައި ލިބުން ކަށަވަރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިތުރު ލިޔުންތައް

8 މަހުން ކާބޯތަކެތި ގެންގުޅޭ 1،579 ތަނެއް ބަލައި ފާސްކޮށް، 14 ތަނެއް ބަންދުކޮށްފައިވޭ: ވަޒީރު ޚަލީލް
7 މަސް ކުރިން
ރާއްޖޭގައި ދުވާލެއްގެ މައްޗަށް 8,722 މީހުން ޑޮކްޓަރަށް ދައްކާ
6 މަސް ކުރިން
ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ނުކޮށް އޮތުމަކީ ބޮޑު އިހުމާލެއް- މިނިސްޓަރ
4 މަސް ކުރިން