logo
Bank of Maldives

Bank of Maldives

ޚަބަރު

8 މަހުން ކާބޯތަކެތި ގެންގުޅޭ 1،579 ތަނެއް ބަލައި ފާސްކޮށް، 14 ތަނެއް ބަންދުކޮށްފައިވޭ: ވަޒީރު ޚަލީލް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
22 އޯގަސްޓު 2024 - 04:35
ސިއްޚީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް -- މެންދުރު ފޮޓޯ/މުޙައްމަދު މާވީ
ސިއްޚީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް -- މެންދުރު ފޮޓޯ/މުޙައްމަދު މާވީ

މި އަހަރުގެ ފާއިތުވި އަށް މަހުގެ ތެރޭގައި ކާބޯތަކެތި ގެންގުޅޭ 1،579 ތަނެއް ބަލައި ފާސްކޮށް މުޅި ޖުމްލަ 14 ތަނެއް ބަންދުކޮށްފައިވާ ކަމަށް ސިއްޚީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކާބޯތަކެތި އުފައްދާ ބައެއް ތަންތަނުގެ ސާފުތާހިރުކަން ދަށްވެ، އެތަންތަނުގެ ވީޑިޔޯ އާއި ފޮޓޯ މިފަހަކުން އައިސް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އެކަންކަމާ ގުޅިގެން ސިއްޚި ވުޒާރާއާ އެކު ރާއްޖޭގެ ފުޑް އަދި ޑްރަގް އޮތޯރިޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ފާއިތުވި އަށް މަހުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިންގާ 1،579 ތަނެއް އިދާރާތަކުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ބަލައި ފާސްކުރެވުނު ތަންތަނުގެ ތެރެއިން މުޅި ޖުމްލަ 14 ތަނެއް ބަންދުކުރެވި، މިހާތަނަށް 13 ތަނެއް އަލުން ހުޅުވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެއް ތަނެއް އަދި ވެސް ހުޅުވާފައެއް ނުވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި އާންމުކޮށް ނުތާހިރުކޮށް ހިންގާ ތަންތަނުގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ސިއްރުން ހިންގާ ތަންތަން ކަމަށެވެ. އަދި އެފަދަ ތަންތަން އާންމު ގޮތެއްގައި ހިންގަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ހެލްތު އެކްސްޕޯ ނޮވެންބަރު މަހު ބާއްވަން ހަމަޖައްސައިފިޚަބަރު | މަހެއް ކުރިންކުޑަކުދިންނަށް ދޭ ކޮފްސިރަޕް އެއް މަނާކޮށްފި ޚަބަރު | 2 މަސް ކުރިންއައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްޞަ ކްލިނިކް ހުޅުވައިފިޚަބަރު | 4 މަސް ކުރިންމާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އައިނު ހެއްދުމުގެ ޚިދުމަތް ދިނުމަށް ރައީސް ނިންވައިފިޚަބަރު | 5 މަސް ކުރިން