logo
ޚަބަރު

އައިޖީއެމްއެޗުން ދޭ ޚިދުމަތް ރަނގަޅު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޖީއެމްއެޗުން ދޭ ޚިދުމަތް ރަނގަޅު ކުރުމާއި ގުޅޭގޮތުން ބޭއްވި  މަޝްވަރާގެ ތެރެއިން --
އައިޖީއެމްއެޗުން ދޭ ޚިދުމަތް ރަނގަޅު ކުރުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާގެ ތެރެއިން --

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ހެލްތުު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ހޮސްޕިޓަލުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު ކުރަމުން އަންނަ ކަންކަމުގެ ތަފްޞީލް ވަނީ މިނިސްޓަރ އާއި ވަނީ ހިއްސާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ރައީސްގެ ވައުދާއި އެއްގޮތަށް ޞިއްހީ ދާއިރާގެ ކަންކަން ފުރިހަމަކުރުމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގެ ކަންކަން ހަރުދަނާ ކުރުމަށް މިނިސްޓްރީ އާއި ގުޅިގެން ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް ގެ އިތުރުން ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީޯ އަބުދުއްރައްޒާޤް ހަލީމް އަދި ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗްގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންނަށް ދޭ ކޮފްސިރަޕް އެއް މަނާކޮށްފި ޚަބަރު | ދުވަހެއް ކުރިންބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 55 މުވައްޒަފުން ހޯދަނީ ޚަބަރު | މަހެއް ކުރިންއެމަޖެންސީގައި ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެއްޖެޚަބަރު | މަހެއް ކުރިން2 ސަރަހައްދެއްގައި ޓެލެ މެޑިސިން ފެށުމަށް ތައްޔާރުވެއްޖެ ޚަބަރު | 2 މަސް ކުރިން