logo
ޚަބަރު

އެމަޖެންސީގައި ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެއްޖެ

ނުހާ އަޙްމަދު
14 ޖުލައި 2025 - 10:04
އެމަޖެންސީގައި ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެއްޖެ

އެމަޖެންސީގައި އައިޖީއެމް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މއ. ސައިނޯސަރު ގޭގައި ޚަބަރު ހުސްވެފައި އޮއްވައި ފެނުނު މީހަކު، މިއަދު ހެނދުނު 10:10 އެހާކަން ހާއިރު އެމަޖެންސީ ހާލަތުގައި އައިޖީއެމް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް އެ މީހާ ފަހުން މަރުވެފައިވާކަމުގެ މައުލޫމާތު ހޮސްޕިޓަލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނި ގޮތުގައި މަރުވެފައިވަނީ، މާލެ، މއ. ސައިނޯސަރު ، އުމުރުން 43 އަހަރުގެ މުހައްމަދް ރަޝީދެވެ.

މުހައްމަދް ރަޝީދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، ގޭގެ ކޮޓަރިތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ކަމަށާއި، ނަމަވެސް އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.

މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓެއްގައި ނިޔާވި ދިވެހި ޒުވާނެއްގެ ހަށިގަނޑު އޮޓޮޕްސީ ހަދަނީޚަބަރު | 6 ދުވަސް ކުރިންއަބްދުއްރަޙްމާންގެ މަރު: އާޝިދުގެ ބަންދަށް 30 ދުވަސްޚަބަރު | 8 ދުވަސް ކުރިންގޭންގު ކުށްތަކުގެ ގާނޫނަށް ފުލުހުން ވަނީ ތައްޔާރުވެފަ: ޖަމްޝީދްޚަބަރު | 14 ދުވަސް ކުރިންޗައިނާ މީހުންނަށް އަމާޒުކޮށް ސްކޭމްއެއް ހިންގަނީ، 2.9 މިލިއަން ރުފިޔާ ގެއްލިއްޖެޚަބަރު | 17 ދުވަސް ކުރިން