logo
Bank of Maldives

Bank of Maldives

ޚަބަރު

އައިޖީއެމްއެޗު އައު ހަރުފަތަކަށް، ކަށީގެ އޮޕަރޭޝަންތަކަށް އެންމެ ފަހުގެ ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2025 - 07:05
އައިޖީއެމްއެޗު އައު ހަރުފަތަކަށް، ކަށީގެ އޮޕަރޭޝަންތަކަށް އެންމެ ފަހުގެ ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓުން ކުރާ ސާޖަރީތަކުގައި އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފިއެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިކަން ހާމަކުރައްވަމުން ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗްގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކޮށް، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އޯލް އިން ވަން ހަތަރުގުނަ ސާފުކޮށްފެންނަ 4k އާރތްރޮސްކޮޕީ ޓަވަރު ބޭނުންކުރަން މިހާރު ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އައު ޓެކްނޮލޮޖީގެ ސަބަބުން ބަލި ދެނެގަތުމާއި، ޚާއްސަކޮށް ކުޅިވަރުގެ ސަބަބުން ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމުގައި އެންމެ ޒަމާނީ ގޮތްތައް ބޭނުންކުރުމުގެ ފުރުސަތު ޑޮކްޓަރުންނަށް ލިބިގެންދާނެކަމަށް ސީއީއޯ ހަލީމް ވަނީ ފާހަގަކުރައްވާފައެވެ.

މިއީ އައިޖީއެމްއެޗްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

 

 

އައު ޓެކްނޮލޮޖީ ތަޢާރަފުކުރުމާއެކު، ކަށީގެ އޮޕަރޭޝަންތަކާއި ފަރުވާތައް އިތުރަށް ހަރުދަނާވެ، ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.

އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސީއީއޯ ހަލީމް ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ މުހިންމު ޕްލޭނަކާއެކު ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު، އައިޖީއެމްއެޗާއި. ޓާޝިއަރީ ހޮސްޕިޓަލްތަކާއި އަދި މިނޫންވެސް ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގައި އަންނަނީ ސިއްހީ ޚިދުމަތް ޒަމާނީކުރުމާއެކު ފުޅާކޮށް، މުވައްޒަފުންގެ ފަންނުވެރިކަން އިތުރުކޮށް ތަމްރީން ދިނުމަށް ގިނަ މަސަައްކަތްތަކެއް ކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޖީއެމްއެޗު އައު ހަރުފަތަކަށް، ކަށީގެ އޮޕަރޭޝަންތަކަށް އެންމެ ފަހުގެ ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފިޚަބަރު | 10 ގަޑިއިރު ކުރިންރާއްޖޭގައި ރެޓިނާ ލޭޒަރ ޓްރީޓްމަންޓް ދޭން ފަށައިފިޚަބަރު | 6 ދުވަސް ކުރިންއައިޖީއެމްއެޗްގެ އައިނު ފިހާރައިން ހިދުމަތް ހޯދި މީހުންގެ އަދަދު 2994 އަށް ޚަބަރު | މަހެއް ކުރިންބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 55 މުވައްޒަފުން ހޯދަނީ ޚަބަރު | 3 މަސް ކުރިން