logo
Bank of Maldives

Bank of Maldives

ޚަބަރު

ނިއުކްލިއިކް އެސިޑް ޓެސްޓިންގެ ހިދުމަތް ރާއްޖޭގައި ފަށައިފި

އައިޝަތު ނަޝާ
23 ޖުލައި 2026 - 08:22
ނިއުކްލިއިކް އެސިޑް ޓެސްޓިންގެ ހިދުމަތް ރާއްޖޭގައި ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ލޭ ޓެސްޓުކުރުމަށް ފުރަތަމަ ފަހަރަށް, ނިއުކްލިއިކް އެސިޑް ޓެސްޓިން (އެންއޭޓީ) ގެ ޚިދުމަތް މިއަދު ފަށައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުއްރައްޒާގު ހަލީމް "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވްސް ބްލަޑް ސާވިސަސްގައި ނިއުކްލިއިކް އެސިޑް ޓެސްޓިން ފެށުމަކީ ރާއްޖޭގެ ލޭގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމުގައި ޙާޞިލްވީ ވަރަށް މުހިއްމު ތާރީޚީ މަރުހަލާއެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި މި ޚިދުމަތަކީ، ހަދިޔާކުރައްވާ ލޭގައި ހުރެދާނެ ހެޕަޓައިޓީސް ބީ، އެޗްއައިވީ، އަދި ހެޕަޓައިޓީސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓިންއަށްވުރެ އެތަށް ގުނައެއް އަވަހަށް ޔަޤީންކަމާއެކު ދެނެގަނެ، ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށް ހަލީމް ވިދާޅުވި އެވެ.

މީގެއިތުރުން ހަލީމް ވިދާޅުވީ،މި ޚިދުމަތް ތައާރަފު ތައާރަފުވެގެން ދިއުމަކީ، ސިއްހީ ދާއިރާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވަޢުދުފުޅުތަކާ އެއްގޮތަށް، ލޭގެ ޚިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިޔުމަށް އެޅުނު މުހިއްމު ޤައުމީ އަދި ތާރީޚީ މަސައްކަތެއްގެ ފެށުން ކަމަށެވެ.

އަދި މިއީ ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އަދި މޯލްޑިވްސް ތެލަސޭމިއާ މާސްޓާ ޕްލޭން 2024–2034 ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަޤްޞަދުތައް ހާސިލް ކުރުމަށް އެޅުނު މުހިއްމު ޤައުމީ ފިޔަވަޅެއް ކަން ވެސް ހަލީމް ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ސަރުކާރުން އިފުތިތާހުކުރި 10 އަހަރު ދުވަހުގެ މި މާސްޓާ ޕްލޭންގެ މައިގަނޑު އެއް އަމާޒަކީ ތެލަސީމިއާ ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކޮށް، ރައްކާތެރި ލޭ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުކްލިއިކް އެސިޑް ޓެސްޓިންގެ ހިދުމަތް ރާއްޖޭގައި ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންކާޑިއެކް ސެންޓަރުން ދެނީ ނަމޫނާ ޚިދުމަތެއް، އާންމުންގެ އިތުބާރު ބޮޑު: ހަލީމްޚަބަރު | 18 ދުވަސް ކުރިން"އޮސްޓިއޯންކްރޯސިސް" ސަރޖަރީގެ އެންމެ ފަހުގެ ވަސީލަތްތައް ރާއްޖެއަށްޚަބަރު | 4 މަސް ކުރިންރައީސްގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރުން ހޮވައިގެން: ހަލީމްޚަބަރު | 5 މަސް ކުރިން