logo
Bank of Maldives

Bank of Maldives

ޚަބަރު

މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގައި ފަށައިފި

އައިޝަތު ނަޝާ
19 އޮކްޓޯބަރު 2025 - 12:04
 މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގައި ފަށައިފި

މެޔަށް  ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގައި އަލަށް އަޖީއެމްއެޗުގައި ފަށައިފި ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުލްރައްޒާގު ހަލީމް އިއްޔެ ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ހަލީމް ކުރެއްވި ޕޯސްޓެއްގައި ވަނީ، މިހާރު އައިޖީއެމްއެޗް އިން މުޅިން އަލަށް ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ޚިދުމަތް ތައާރަފްކޮށްފައިވާ ކަމަށް ބުނެފައެވެ.އަދި މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ކަމެއް ކަމަށް ހަލީމް ވަނީ ބުނެފައެވެ.އެއާއެކު، އޭނާ ވަނީ އައިޖީއެމްއެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 18 މަސްދުވަސް ފުރިހަމަވެއްޖެކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މި މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވުނުކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސާޖަރީ، ޔޫރޮލޮޖީ، އެނެސްތީޝިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރުންގެ ޓީމަކުންކަން އޭނާ ފާހަގަކުރެއްވިއެވެ.މިހާރު މި ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އައިޖީއެމްއެޗްގައި ކުރިއަށްދާކަމަށް ވެސް ހަލީމް ފާހަގަކުރެއްވިއެވެ.މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި ހަލީމް ވަނީ ފާހަގަކުރައްވާފައެވެ.

މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގައި އިއްޔެ ފެށިއިރު، ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް ވެސް ވަނީމިމަހުގެ 9 ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމް ކޮށްފައެވެ.މިއީ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާ އެކެވެ. 

ރާއްޖޭގައި ޑައިލިސިސް ބޭނުންވާ ބަލިމީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުގެ ސިއްހީ ނިޒާމުން އަންނަނީ އާ ވަސީލަތްތަކާއި ހިދުމަތްތަކުގެ ތެރެއިން މި ބައްޔަށް ފަރުވާ ލިބޭނެ ގޮތް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ.އަދި ރާއްޖޭގެ ސިއްޙީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގައި ފަށައިފިޚަބަރު | 4 ދުވަސް ކުރިންއެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފިޚަބަރު | 7 ދުވަސް ކުރިންއައިޖީއެމްއެޗު އައު ހަރުފަތަކަށް، ކަށީގެ އޮޕަރޭޝަންތަކަށް އެންމެ ފަހުގެ ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފިޚަބަރު | 8 ދުވަސް ކުރިންރާއްޖޭގައި ރެޓިނާ ލޭޒަރ ޓްރީޓްމަންޓް ދޭން ފަށައިފިޚަބަރު | 14 ދުވަސް ކުރިން