logo
Bank of Maldives

Bank of Maldives

ޚަބަރު

އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފި

އައިޝަތު ނަޝާ
18 ޖެނުއަރީ 2026 - 06:44
އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފި

އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފިއެވެ.

އުމުރާގެ އަޅުކަމުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްޞަކޮށް ފްލޫ ކްލިނިކެއް މިހާރު ޤާއިމުކޮށްފައިވާ ކަމަށާއި، ކްލިނިކަށް އަންނަ ފަރާތްތަކުން ފުރަތަމަ ދާން ޖެހޭނީ އީ.އާރް ޓްރައިޖަށްކަމަށް އައިޖީއެމްޗުން ވަނީ ބުނެފައެވެ.

އަދި ކިއުބީ ޓޯކެން ސިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމަށްފަހު، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މީގެއިތުރުން އައިޖީއެމްއެޗްއިން ބުނީ މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އެ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށްށެވެ.

މި ދުވަސްވަރު ޢުމްރާގެ އަޅުކަމަށްފަހު ގިނަ ބަޔަކު އަނބުރާ ރާއްޖެ ދަނީ އަންނަމުނެވެ. އަދި ކޮންމެ އަހަރަކުވެސް މިފަދަ ދުވަސްވަރުތަކުގައި ނޭވާލުމުގެ ނިޒާމުން ފެތުރޭ ބަލިތައް އިތުރުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި 24 ގަޑިއިރު ހިދުމަތްދޭ "ސްޓޭޓް ފާމާ" ފާމަސީއެއް ހުޅުވައިފިޚަބަރު | 4 ގަޑިއިރު ކުރިންކޮންމެހެން ދާންޖެހޭ ހާލަތުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރޭ: އައިޖީއެމްއެޗްޚަބަރު | 6 ދުވަސް ކުރިންމާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ ރައްކާތެރިވުމަށް އިރުޝާދުތަކެއްޚަބަރު | 7 ދުވަސް ކުރިންޑެންގީ ހުން ޖެހިގެން ޒުވާނަކު ނިޔާވެއްޖެ!ޚަބަރު | މަހެއް ކުރިން