logo
Bank of Maldives

Bank of Maldives

ޚަބަރު

އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި 24 ގަޑިއިރު ހިދުމަތްދޭ "ސްޓޭޓް ފާމާ" ފާމަސީއެއް ހުޅުވައިފި

މަރިޔަމް މާޙީ
20 މޭ 2026 - 11:16
އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި 24 ގަޑިއިރު ހިދުމަތްދޭ "ސްޓޭޓް ފާމާ" ފާމަސީއެއް ހުޅުވައިފި

ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އޯޕީޑީ ސަރަހައްދުގައި އާ ފާމަސީއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ސްޓޭޓް ފާމަޓިއުކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނިން ބުނީ "ސްޓޭޓް ފާމާ އައިޖީއެމްއެޗް ފާމަސީ" ގެ ނަމުގައި ހުޅުވި މި ފާމަސީއަކީ އެ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ފާމަސީ ކަމަށެވެ. މިއީ ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭސްފަރުވާގެ ހިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ވަގުތަކުވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި މި ފާމަސީއަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ފާމަސީ މެދުވެރިކޮށް އާންމު ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތަކެއްވެސް ވަނީ ގާއިމްކޮށްފައެވެ.

6084816340641321181.jpg

މީގެ އިތުރުން، އައިޖީއެމްއެޗާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ސްޓޭޓް ފާމާގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއް ގާއިމްކުރުމުގެ އިތުރުން، 1 އޭޕްރިލް 2026 އިން ފެށިގެން "ސްޓޭޓް ފާމާ ޕޯޓަލް" މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ހިދުމަތަށް އެދުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މިއީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށާއި، ބޭސް ހޯދުމުގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާޑިއެކް ސެންޓަރުން ދެނީ ނަމޫނާ ޚިދުމަތެއް، އާންމުންގެ އިތުބާރު ބޮޑު: ހަލީމްޚަބަރު | 5 ގަޑިއިރު ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިންބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ސަމާލުވޭ!ޚަބަރު | 20 ދުވަސް ކުރިންރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އޮޕަރޭޝަންތައް ފަށައިފިޚަބަރު | މަހެއް ކުރިން