logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ ރައްކާތެރިވުމަށް އައިޖީއެމްއެޗްގެ އިރުޝާދުތަކެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މޭ 2026 - 16:51
މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ ރައްކާތެރިވުމަށް އިރުޝާދުތަކެއް

މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރުން މިދުވަސްވަރު މަދުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބަލިމީހުންނަށް ޒިޔާރަތްކުރާ ފަރާތްތަކުން ވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޯގާގެ އަލާމާތްތައް ފެންނަ ފަރާތްތަކުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދެމުން އެ ހޮސްޕިޓަލުން ބުނީ، ހުން އައިސް ގައިގައި ބިހިނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، މާސްކު އަޅައިގެން ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ބަލީގެ އަލާމާތްތައް ހުންނަ ނަމަ، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އާންމު ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދިނުމަށާއި، ކެއްސާ ނުވަތަ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް އައިޖީއެމްއެޗުން އިރުޝާދު ދެއެވެ. އަދި ކުޑަކުދިންނަށް ޖަހަންޖެހޭ ގައުމީ ތާވަލުގެ ވެކްސިންތައް ފުރިހަމަކޮށް، އަދާހަމަކުރުމަކީ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން، މަދިރި އާލާވާ ފަދަ ތަންތަން ބަލައި، ގޯތިތެރެއާއި ވަށައިގެންވާ މާހައުލު ސާފުކޮށް ބޭއްވުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. އައިޖީއެމްއެޗުން ބުނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާޑިއެކް ސެންޓަރުން ދެނީ ނަމޫނާ ޚިދުމަތެއް، އާންމުންގެ އިތުބާރު ބޮޑު: ހަލީމްޚަބަރު | 5 ގަޑިއިރު ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިންބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ސަމާލުވޭ!ޚަބަރު | 20 ދުވަސް ކުރިންރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އޮޕަރޭޝަންތައް ފަށައިފިޚަބަރު | މަހެއް ކުރިން