logo
MPL

MPL

ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އޮޕަރޭޝަންތައް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޖޫން 2026 - 03:38
ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އޮޕަރޭޝަންތައް ފަށައިފި

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އައި ބޮޑު ކުރިއެރުމަކާއެކު، "ނެނޯ ނީޑަލް" ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލާ އަދި ފަރުވާ ދިނުމުގެ ޚާއްޞަ ސާޖަރީތައް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން މިފަދަ އޮޕަރޭޝަންތަކެއް ކުރަން ފެށި ފުރަތަމަ ފަހަރެވެ.

މި އައު ޓެކްނޮލޮޖީއަކީ އިންޖެކްޝަން ކައްޓެއްހާ ހަނި، ލަނބާލެވޭ ކެމެރާއެއް ބޭނުންކޮށްގެން ވަރަށް ކުޑަ ލޯވަޅަކުން ކުރެވޭ އޮޕަރޭޝަނެކެވެ. މީގެ ސަބަބުން އެމްއާރްއައި (MRI) ހަދަން ނުޖެހި، ހުޅުތެރޭގައި ހުންނަ ކަށި އިތުރުވުމާއި، ކާޓިލޭޖް ހަލާކުވުން ފަދަ މައްސަލަތައް ސީދާ ލޮލުން ބަލާލައި ދެނެގަތުމަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިޖީއެމްއެޗްގެ އޯތޮޕީޑިކްސް ޑިޕާޓްމެންޓުން ފާހަގަކުރި ގޮތުގައި، މިއީ ހާއްސަކޮށް ކުދި ކުދި ހުޅުތަކަށް ދެވޭ ފަރުވާގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ސާޖަރީގެ އެންމެ ބޮޑު އެއް ފައިދާއަކީ ބަލިމީހާ ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، އަވަހަށް ބަލިން ފަސޭހަވުމަށް މަގުފަހިވުމެވެ.

މީގެ އިތުރުން، މިއީ "ޑޭކެއަރ" ސާޖަރީއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމެއް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. މިކަމުގެ ސަބަބުން އެނެސްތީޝިއާ ދިނުމުގައާއި ސާޖަރީއަށްފަހު ބަލިމީހާއަށް އިހުސާސްކުރަންޖެހޭ ތަދު ކޮންޓްރޯލް ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އައިޖީއެމްއެޗުން ދަނީ ހުޅުގެ ފަރުވާގައި ޒަމާނީ ވަސީލަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަމުންނެވެ. މިފަދަ އައު ޓެކްނޮލޮޖީތައް ތަޢާރަފްވުމަކީ ބަލިމީހުންނަށް ލިބޭ ލުއިފަސޭހައެއްގެ އިތުރުން، އެ ހޮސްޕިޓަލުގައި ތަމްރީނުވަމުންދާ ޑޮކްޓަރުންނަށްވެސް އައު އުކުޅުތައް ދަސްކުރުމަށް ލިބޭނެ ރަނގަޅު ފުރުޞަތެއް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ދާއިރާ އާ ހަރުފަތަކަށް: އެކި ދާއިރާތަށް ހާއްސަ 16 ދިވެހި ޑޮކްޓަރުން މައި ދެ ހޮސްޕިޓަލްގެ ޚިދުމަތް ފައްޓަވައިފިޚަބަރު | މަހެއް ކުރިންކާޑިއެކް ސެންޓަރުން ދެނީ ނަމޫނާ ޚިދުމަތެއް، އާންމުންގެ އިތުބާރު ބޮޑު: ހަލީމްޚަބަރު | 2 މަސް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިންބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ސަމާލުވޭ!ޚަބަރު | 2 މަސް ކުރިން