logo
MPL

MPL

ޚަބަރު

އައިޖީއެމްއެޗްގައި، ބަރުދަން ލުއިކުރާ ސާޖަރީ ކާމިޔާބުކަމާއެކު ކޮށްފި

އައިޝަތު ނަޝާ
3 ޑިސެމްބަރު 2025 - 04:19
އައިޖީއެމްއެޗްގައި، ބަރުދަން ލުއިކުރާ ސާޖަރީ ކާމިޔާބުކަމާއެކު ކޮށްފި

ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވާ ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައި، އެންމެ ފުރަތަމަ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ބެރިއަޓްރިކް އޮޕަރޭޝަންކުރީ މެލޭޝިއާގެ ޔުނިވާސިޓީ ކެބަންގްސާން މެލޭޝިއާ މެޑިކަލް ސެންޓަރުގެ ބެރިއަޓްރިކް ސާޖަރީގައި އެންމެ އިސްކޮށް އުޅުއްވާ ޑރ. ނިކް ރިޒާ ކޯސައި ބިން ނިކް މަޙްމޫދުގެ އެހީތެރިކަމާއެކު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަންކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބެރިއަޓްރިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރު، ޑރ. އަޒްނާ ކަމަށް އައިޖީއެމްއެޗުންމައުލޫމާތު ދެއެވެ. މި އޮޕަރޭޝަންގައި މުޅި ސާޖަރީ ޓީމާއި އިތުރު ވަގުތުގައި މަސައްކަތްކުރި ނަރުހުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމުން ބައިވެރިވިކަން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.

 

View post on Twitter

 

ބެރިއަޓްރިކް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ އޮޕެރޭޝަނެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ފެށުމާ ގުޅިގެން މާލޭ ހޮސްޕިޓަލްސް ގްރޫޕް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާޤް ޙަލީމް 'އެކްސް'ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، މި އޮޕަރޭޝަން ކުރެވެން ފެށުމުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.

އޭގެ ތެރޭގައި، ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނޭ ކަމަށް ހަލީމް ލިޔުއްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަނީޚަބަރު | 7 ގަޑިއިރު ކުރިންހުޅުމާލޭގައި ހިނގި ބޮޑު އެކްސިޑެންޓު: ދެމީހަކު އަދިވެސް ވެންޓިލޭޓަރުގައިޚަބަރު | 21 ދުވަސް ކުރިންދަރުމަވަންތަ ހޮސްޕިޓަލުގައި ނެވިގޭޝަން ބޭނުންކޮށްގެން ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފިޚަބަރު | މަހެއް ކުރިންސިއްހީ ދާއިރާ އާ ހަރުފަތަކަށް: އެކި ދާއިރާތަށް ހާއްސަ 16 ދިވެހި ޑޮކްޓަރުން މައި ދެ ހޮސްޕިޓަލްގެ ޚިދުމަތް ފައްޓަވައިފިޚަބަރު | 3 މަސް ކުރިން