logo
Bank of Maldives

Bank of Maldives

ޚަބަރު

ފަރޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވެއްޖެ

އައިޝަތު ނަޝާ
7 ޖެނުއަރީ 2026 - 17:45
ފަރޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވެއްޖެ

އައިވީއެފް މެދުވެރިކޮށް، ދަރުމަވަންތަ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވެއްޖެއެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ،އައިވީއެފް މެދުވެރިކޮށް ކާމިޔާބުކަމާއެކު ދަރިފުޅު އުފަންވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ދަރިފުޅުގެ ހާލު ރަނގަޅުކަން ފާހަގަކޮށް، މި ކާމިޔާބީ ހާސިލްކުރުމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ފާޓިލިޓީ ސެންޓަރުގެ ހިއްސާ ބޮޑުކަން އައިޖީއެމްއެޗުން ފާހަގަކުރިއެވެ.

 

 

އަދި މި ތާރީޙީ ކާމިޔާބަކީ ދިވެހިރާއްޖޭގެ ދަރިމައުވުމުގެ ފަރުވާތައް ކުރިއެރުމަށާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އައު އުންމީދެއް ހޯދާދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ހާސިލްވެގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަަމށް ވެސް އައިޖީއއެމްއެޗް އިން ބުނެފައިވެއެވެ.

މި ފަރޓިލިޓީ ސެންޓަރަކީ ދަރިމައިވުމުގެ ސިއްހަތާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ގާއިމްކުރެވުނު ތަނެކެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ 15 ނޮވެމްބަރު 2025 ގައެވެ.

ސަރުކާރުން ދެކޭގޮތުގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ޚިދުމަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި 24 ގަޑިއިރު ހިދުމަތްދޭ "ސްޓޭޓް ފާމާ" ފާމަސީއެއް ހުޅުވައިފިޚަބަރު | 4 ގަޑިއިރު ކުރިންކޮންމެހެން ދާންޖެހޭ ހާލަތުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރޭ: އައިޖީއެމްއެޗްޚަބަރު | 6 ދުވަސް ކުރިންމާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ ރައްކާތެރިވުމަށް އިރުޝާދުތަކެއްޚަބަރު | 7 ދުވަސް ކުރިންޑެންގީ ހުން ޖެހިގެން ޒުވާނަކު ނިޔާވެއްޖެ!ޚަބަރު | މަހެއް ކުރިން