logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އައިޖީއެމްއެޗުން ހޯމް ނަރސިންގ ކެއަރގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

މުޙައްމަދު އަފްރާޙް
5 ޖެނުއަރީ 2026 - 06:22
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމްބިއުލާންްސެއް ބަލިމީހެއް އަރުވަން ތައްޔާރުވެފައި، ފޮޓޯ: އައިޖީއެމްއެޗް
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމްބިއުލާންްސެއް ބަލިމީހެއް އަރުވަން ތައްޔާރުވެފައި، ފޮޓޯ: އައިޖީއެމްއެޗް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހޯމް ނަރސިން ކެއަރގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އައިޖީއެމްއެްޗުން ވަނީ މި ޚިދުމަތް ފެށުމުގެ ގޮތުން ވަމުންދާ ތައްޔާރީތަކަށް ބޭނުންވާ ސައިކަލް ހޯދުމަށް އިއުލާންކޮށްފައެވެ. އެގޮތުން އެ ޚިދުމަތް ދިނުމަށާއި ހޮސްޕިޓަލުގެ އެކިއެކި ދަތުރުތަކުގައި ބޭނުންކުރުމަށް ފަސް ސައިކަލު ސަޕްލައިކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށް އިއުލާނުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަރުހުން ނުވަތަ އެހެނިހެން ސިއްހީ ޚިދުމަތްތެރިން ގޭގެއަށް ގޮސްގެން ބަލި މީހުންނަށް ފަރުވާއާއި އެހީ ފޯރުކޮށްދޭ މި ޚިދުމަށް އައިޖީއެމްއެްޗުން ދެ އެއަރ ބްލޭޑާއި ތިން ސްކޫޕީ ބޭނުންވާކަމަށް އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ވެއެވެ. ނަމަވެސް ހޯމް ނަރސިންގެ ޚިދުމަތް ފަށާނެ ތާރީޚެއް ބުނެފައެއް ނުވެއެވެ.

އައިޖީއެމްއެޗުން ބުނީ ކޯޓޭޝަން ހުށަހަޅަން ޖެހެނީ، ދީފައިވާ މައުލޫމާތާ އެއްގޮތަށް ޖީއެސްޓީ ހިމަނައިގެން ކަމަށާއި ސަޕްލައިކޮށް ނިންމަން ކަނޑައަޅާ މުއްދަތު ބަޔާންކުރަން ޖެހޭނެކަމަށެވެ. އަދި ސައިކަލު ކްލިއަރކޮށް، ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމާއި އެއް އަހަރުގެ ރޯޑްވޯދިނެސްއާއި އަހަރީފީއާއި އިންޝުއަރެންސް ފީ ދައްކަން ޖެހެނީ ބީލަން ކާމިޔާބު ކުރާ ފަރާތުން ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

މި ކަމާއިގުޅޭ ބީލަން ހުށަހަޅަން ހަމަޖެހިފައިވަނީ، އަންނަ ހަފުތާގެ ބުދަ ދުވަހުގެ 11:00 ގައި އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓު ޑިޕާޓުމަންޓުގެ އެންތޫރިއަމް މީޓިން ހޯލުގައެވެ. ބީލަން ހުޅުވާނީ، ހުށަހަޅާ މީހުންގެ ހާޒިރުގައި ކަމަށްވާއިރު، ގަޑިއަށް ހާޒިރުނުވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އޮސްޓިއޯންކްރޯސިސް" ސަރޖަރީގެ އެންމެ ފަހުގެ ވަސީލަތްތައް ރާއްޖެއަށްޚަބަރު | 2 ދުވަސް ކުރިންމި ރަމަޟާންމަހު އައިޖީއެމްއެޗުން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފިޚަބަރު | 2 މަސް ކުރިންއައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރުން މިދިޔަ އަހަރު 532 މީހަކަށް ފަރުވާ ދިންޚަބަރު | 2 މަސް ކުރިންއައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފިޚަބަރު | 3 މަސް ކުރިން