logo
Bank of Maldives

Bank of Maldives

ޚަބަރު

މި ރަމަޟާންމަހު އައިޖީއެމްއެޗުން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފި

އައިޝަތު ނަޝާ
18 ފެބްރުއަރީ 2026 - 07:22
މި ރަމަޟާންމަހު އައިޖީއެމްއެޗުން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފި

މި ރަމަޟާން މަހު ޚިދުމަތްތައް ދޭނެ ގަޑިތައް ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗުން އާންމުކޮށްފިއެވެ.

އައިޖީއެމްއެޗުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަސް، ނުވަތަ ހަ ރޯދަ ނިމޭ ދުވަހުގެ ނިޔަލަށް ހުރިހާ ޑިޕާޓްމަންޓުތަކުގެ ކައުންޓަރުތަކުން ހެނދުނު 8:30 އިން މެންދުރު ފަހު 2:30އަށް ޚިދުމަތް ދޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލެބޯރެޓަރީގެ ޚިދުމަތްތައް ދޭ ގަޑިތަކަށް ބަލާއިރު، ގަވާއިދުން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ނަގައި ބަލައިގަންނާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 17:00 ޖެހުމާ ހަމައަށެވެ.

މީގެ އިތުރުން، ކައިގެން ދެ ގަޑިއިރު ފަހުން ލޭ ނަގައިގެން ހަދާ ޓެސްޓުތަކަށް ބޭނުންވާ ސާމްޕަލާއި ދަރިފަނީގެ ސާމްޕަލް ބަލައިގަންނާނީ ރޭގަނޑު 20:00 އިން 21:00 އާ ހަމައަށް ށެވެ.

އަދި، ބޭރަށް ފޮނުވައިގެން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ބަލައިގަންނާނީ އާދީއްތަ ދުވަހާއި ބުދަ ދުވަހު ހެނދުނު9:0 0 ފެށިގެން ރޭގަނޑު 21:00ޖެހުމާ ހަމައަށް، އަދި ހުކުރު ފިޔަވައި ބާކީ ދުވަސްދުވަހު ހެނދުނު 8:00 އިން ފެށިގެން 10:00 ޖެހުމާ ހަމައަށެވެ.

ހަމަ އެހެންމެ، އެކްސްރޭ ހެދުން ހެނދުނު8:00 މެންދުރު ފަހު 2:30އަށް، އަދި ސީޓީ ސްކޭނާއި އެމްއާރުއައިއާއި އަލްޓްރާސައުންޑް ސްކޭނާއި މެމޯގްރާމާއި ބީއެމްޑީ ހެދުން ހެނދުނު8:00 ކުން ފެށިގެން މެންދުރު 14:00 ޖަހަންދެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އައިޖީއެމްއެޗުން ބުނީ، އެމަޖެންސީގެ ޚިދުމަތްތައް ރަމަޟާން މަހު ވެސް މެދުނުކެނޑި 24 ގަޑިއިރު ދެމުން ގެންދާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ރަމަޟާންމަހު އައިޖީއެމްއެޗުން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރުން މިދިޔަ އަހަރު 532 މީހަކަށް ފަރުވާ ދިންޚަބަރު | 2 ދުވަސް ކުރިންއައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފިޚަބަރު | މަހެއް ކުރިންފަރޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވެއްޖެޚަބަރު | މަހެއް ކުރިން