logo
MPL

MPL

ކުޅިވަރު

ބްރެޒިލްގެ ކޯޗުކަމާއި އެންޗެލޯޓީ ހަވާލުވުމަށް މުހުލަތެއް ދީފި

އަބްދުﷲ ޣާނިމް
11 އޭޕްރީލު 2025 - 06:35
ރިޕޯޓްތައް ބުނާގޮތުން ބްރެޒިލްގެ ކޯޗުކަމާއި ދެން ހަވާލުވުން އެންމެ ގާތީ އެންޗެލޯޓީ
ރިޕޯޓްތައް ބުނާގޮތުން ބްރެޒިލްގެ ކޯޗުކަމާއި ދެން ހަވާލުވުން އެންމެ ގާތީ އެންޗެލޯޓީ

ބްރެޒިލް ފުޓްބޯޅަ އެސޯސިއޭޝަން (ސީބީއެފް) އިން ރިއަލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޯޓީއަށް ބްރެޒިލްގެ ކޯޗުކަމާ ހަވާލުވުމަށް މުހުލަތެއް ދީފިއެވެ. ސްޕޯޓް އިން ހާމަކުރި ގޮތުގައި މި މުހުލަތަކީ މި އަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލް ކުޅޭ ދުވަސް ކަމަށްވާ މެއި 31 އެވެ.

ނަމަވެސް އެންޗެލޯޓީ ވަނީ ބްރެޒިލްގެ ފަރާތުން އެއްވެސް މުޢާމަލާތެއް ކުރިކަން ދޮގުކޮށްފައެވެ. "އަހަރެންގެ ކޮންޓްރެކްޓް ވަރަށް ސާފު. އިތުރު އެއްޗެއް ބުނާކަށް ނެތް. ބްރެޒިލްގެ ކުޅުންތެރިންނާއި ފޭން ބޭސްއަށް ވަރަށް ލޯބިވޭ. އެކަމަކު އަހަރެންގެ ކޮންޓްރެކްޓް އޮތީ ރިއަލް މެޑްރިޑާ އެކު،" އެންޗެލޯޓީ ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންނަމަވެސް، ސީބީއެފް އިން ވަނީ އެންޗެލޯޓީގެ ދަރިފުޅު ބްރެޒިލްގެ ފެޑެރޭޝަނާއި މުޢާމަލާތްތަކެއް ކޮށްފައިވާކަން ހާމަކޮށްފައެވެ. އާޖެންޓީނާއާ ވާދަކޮށް ބަލިވުމާ ގުޅިގެން ޑޮރިވަލް ޖޫނިއާ ވަކިކުރުމަށްފަހު، ބްރެޒިލްއަށް އަވަސް ގޮތެއްގައި އައު ކޯޗެއް ހޯދަން ވަނީ ބޭނުނެވެފައެވެ.

ސީބީއެފްގެ ރައީސް އެޑްނަލްޑޯ ރޮޑްރިގަސް ވަނީ އެންޗެލޯޓީ ހޯދުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުންނެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި ރިއަލް މެޑްރިޑުން ޗެމްޕިއަންސް ލީގް ނުކާމިޔާބުވެއްޖެނަމަ، އެންޗެލޯޓީގެ ދައުރު ނިމުމަކަށް އަންނާނެއެވެ. އަދި އޭނާގެ ބަދަލުގައި ޒާބީ އަލޮންސޯއާއެކު އެއްބަސްވުމެއް ވެސް ވަނީ ހާސިލުކޮށްފައެވެ.

ބްރެޒިލްއިން އެންޗެލޯޓީއަށް ހުށަހަޅާ މުސާރައަކީ މިހާރު ރިއަލް މެޑްރިޑުން ލިބޭ މުސާރައަށްވުރެ މާ ބޮޑު އަދަދެއްކަން ފާހަގަކުރެވެއެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ބްރެޒިލް އިން އަމާހިފާފައިވާއިރު، އެޓީމަށް ރަނގަޅު ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރުދަނީ ފެޑެރޭޝަނުން ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާ ބަލިކޮށް ބްރެޒިލުން އެކުވެރިކަމުގެ މެޗު ކާމިޔާބުކޮށްފި ކުޅިވަރު | މަހެއް ކުރިންފަހުވަގުތުގައި ޖެހި ގޯލާއެކު ބްރެޒިލް ލަދުވެތި ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | މަހެއް ކުރިންއެފްރިކާގެ ޗެންޕިއަނުން ވަރުގަދަ ބްރެޒިލް ހިފަހަށްޓައިފިކުޅިވަރު | 5 މަސް ކުރިންބްރެޒިލްގެ ޓީމަށް އެންމެ ގިނަގޯލު ޖަހައިދިން ނޭމާ ހިމަނައި ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފިކުޅިވަރު | 6 މަސް ކުރިން