logo
Bank of Maldives

Bank of Maldives

ޚަބަރު

ނަލަންދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޭޕްރީލު 2025 - 07:54
ނަލަންދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި

ށ. ނަލަންދޫ ސަރަހައްދުގައި ވަދު ކަނދުފައްޗެއް މިއަދު އަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި ކަނދުފަތި ގާއިމުކޮށްފައި ވަނީ ނަލަންދޫ އިރު ދެކުނުން 4 މޭލު ބޭރުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ގާއިމުކުރި މި ކަނދުފައްޗަށް ދީފައިވާ ނަންބަރަކީ D09V02 އެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ 10 އޭޕްރީލް 2025 ވަނަ ދުވަހު ނ.މާފަރު ދޮށީ ކަނދުފަތި، މާފަރު އިރުން 9.5 މޭލު ބޭރުގައި ޤާއިމްކޮށްފައެވެ.

މީގެ އިތުރުން 9 އޭޕްރީލް 2025 ވަނަ ދުވަހު ކ.ގާފަރު ދޮށީ ކަނދުފަތި، ގާފަރު އިރުން 13.5 މޭލު ބޭރުގައި ޤާއިމްކޮށްފައި ވެއެވެ.

ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެއް ދިމާލަަކަށް މަސްޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ.

މަސްވެރިންގެ މަސައްކަތަށް ފަސޭހަކަން ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ދޮށީ ކަނދުފައްޗާއި ސްޕޯޓްސް ކަނދުފަތި ވެސް ވަނީ ޤާއިމުކޮށްފައެވެ.

ކަނދުފަތި އެޅުއްވުމުގެ އިތުުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރިއަށްގެންދަވަމުންނެވެ.

ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، މަސް ކަނދުފަތީގެ ގާތަށް މަސް އައިސް، ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ތިޔާގިވެއެވެ.

ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ހަފުތާގައި މަސްވެރިންނަށް 6.3 މިލިޔަން ރުފިޔާ ދޫކުރި ޚަބަރު | 4 ދުވަސް ކުރިންމެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 8 ދުވަސް ކުރިންފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް ފަށައިފި ޚަބަރު | 11 ދުވަސް ކުރިންމެރިކަލްޗާ ދާއިރާ ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފިޚަބަރު | 14 ދުވަސް ކުރިން