ފިޔޯރީ މަސް ފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
6 ނޮވެމްބަރު 2025 - 12:00

ރާއްޖޭގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމުގެ ޚާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި، ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީ މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ކުރުމަށްޓަކައި، ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެކު ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީއަކީ އެ ރަށާއި ވަށައިގެންވާ ސަރަހައްދުތަކުގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކައި، ފެކްޓްރީއަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ، ރައްޔިތުންނަށް ފައިދާހުރި ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ދެއްވާ އިސްކަން ބަޔާންކޮށްދޭ ކަމެކެވެ. މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުތަކުގެ ތެރޭގައި ހިމެނޭ ސިނާއަތެކެވެ.
ފިޔޯރީ މަސް ފެކްޓްރީގެ ސަބަބުން މަސްވެރިންނަށް އެކަށީގެންވާ އަގުގައި މަސް ގަންނަން ލިބުމާއި، އާ ވަޒީފާގެ ފުރުޞަތުތައް އުފެދި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުވެގެން ދާނެކަމަށް ބެލެވޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.


