logo
Bank of Maldives

Bank of Maldives

ޚަބަރު

ކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ

އާމިނަތު ޝަފާ
21 އޮކްޓޯބަރު 2025 - 10:31
ކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމަށްޓަކާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އަދި އެ ޕްލޭން ތަންފީޒުކުރުމަށް އެކުލަވައިފައިވާ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އޮގަސްޓު މަހު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަށި މިޔަރު މަސްވެރިކަން ކުރުމާގުޅޭ ގަވާއިދުތައް މަސްވެރިކަމާ ބެހޭ ވުޒާރާއާއި ތިމާވެއްޓާބެހޭ ވުޒާރާއިން ގަވާއިދުތައް އަލުން މުރާޖާކޮށް އެމަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

މި މެނޭޖްމަންރތު ޕްލޭން ނުވަތަ ގަވާއިދަށް އާންމުންގެ އެއްވެސް ހިޔާލެއް އޮތް ނަމަ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލަފައެވެ.

ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރީން ރާއްޖޭގައި ކުރި އަދި އޭގެން ބޮޑު މަންފާއެއް މަސްވެރީން ހޯދި މަސްވެރިކަމުގެ ބާވަތެކެވެ. އެކަން ހުއްޓުނީ ރާއްޖޭގައި މިޔަރުގެ އަބާދީ މަދު ވަމުން ދިއުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިޔަރު އާބާދީ ރާއްޖޭގައި އިތުރުވެ ބައެއް ފަހަރު މަސްވެރިންނަށްވެސް މިޔަރުގެ އުދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެންދިޔަ މަސްވެރިކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 19 ގަޑިއިރު ކުރިންކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީޚަބަރު | 20 ގަޑިއިރު ކުރިންޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ޚާއްސަ ޕްރޮގްރާމެއްޚަބަރު | 4 ދުވަސް ކުރިންމިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖޭގެ މަސް އެކްސްޕޯޓް %90 އަށްވުރެ އިތުރުވެއްޖެވިޔަފާރި | 7 ދުވަސް ކުރިން