logo
Bank of Maldives

Bank of Maldives

ވިޔަފާރި

މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖޭގެ މަސް އެކްސްޕޯޓް %90 އަށްވުރެ އިތުރުވެއްޖެ

އައިޝަތު ނަޝާ
15 އޮކްޓޯބަރު 2025 - 04:31
މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖޭގެ މަސް އެކްސްޕޯޓް %90 އަށްވުރެ އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅަބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %90.3 ވަނީ އިތުރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުން ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ރާއްޖެއިން ޖުމްލަ 57,318 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 30,125 މެޓްރިކް ޓަނުގެ މަހެވެ. މިއަހަރު އެކްސްޕޯޓް ކުރި މިންވަރު މިދިޔަ އަހަރަށްވުރެ %90.3 އިތުރުވެފައިވާއިރު، މިއީ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.

ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 51,624 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 24,980 މެޓްރިކް ޓަނުގެ މަހެވެ. އެހެންވިމާ ތާޒާ، ފިނިކުރި ކަނޑުމަސް އެކްސްޕޯޓް ކުރި މިންވަރު %106.7 ވަނި އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން 1,118.8 މެޓްރިކް ޓަނުގެ ޕްރޮސެސްކުރި މަސް އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 679.2 މެޓްރިކް ޓަނުގެ މަހެވެ. މިއީ %64.7 އިތުރުވުމެކެވެ.

ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމަކީ އިޤްތިޞާދުގެ މައި ތަނބެވެ އެހެންވީމާ މި ދާއިރާއިން ލިބޭ އާމްދަނީ އިތުރުކޮށް، އިޤްތިޞާދުގައި އޭގެ ހިއްސާ ބޮޑުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ޚާއްސަ ޕްރޮގްރާމެއްޚަބަރު | 5 ގަޑިއިރު ކުރިންމިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖޭގެ މަސް އެކްސްޕޯޓް %90 އަށްވުރެ އިތުރުވެއްޖެވިޔަފާރި | 3 ދުވަސް ކުރިންކޮމަންޑޫ މަސްވެރިންނަށް އުފާވެރިކަން، 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން ހަވާލުކޮށްފިޚަބަރު | 4 ދުވަސް ކުރިންކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | 16 ދުވަސް ކުރިން