logo
Bank of Maldives

Bank of Maldives

ޚަބަރު

ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އާމިނަތު ޝަފާ
2 އޮކްޓޯބަރު 2025 - 10:20
ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގައިކަމަށެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މާޅޮސްމަޑުލު އުތުރުބުރިއަށް ނިސްބަތްބާ ފަރާތްތަކަށެވެ.

މި އެވޯޑު ތަކަށް ކުރިމަތިލާ ފަރަތްތަކުގެ ޝަރުތުތަކުގެ ތެރޭގައި:

  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)؛
  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛ އަދި
  • އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.

މި އެވޯޑުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށް ފަހު 23 އޮކްޓުބަރުގެ 14:00ގެ ކުރިން ވުޒާރާއަށް ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ. އަދި އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު ވުޒާރާގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެވޭނެއެވެ. މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ޚާއްސަ ޕްރޮގްރާމެއްޚަބަރު | 10 ގަޑިއިރު ކުރިންމިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖޭގެ މަސް އެކްސްޕޯޓް %90 އަށްވުރެ އިތުރުވެއްޖެވިޔަފާރި | 4 ދުވަސް ކުރިންކޮމަންޑޫ މަސްވެރިންނަށް އުފާވެރިކަން، 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން ހަވާލުކޮށްފިޚަބަރު | 4 ދުވަސް ކުރިންކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | 16 ދުވަސް ކުރިން